ޚަބަރު

"ހަށިގަނޑު ހާމަކޮށްގެން" ކުޅޭ ކުޅިވަރުން ލިބޭނީ ގެއްލުން ކަމަށް ރައީސް ބުނެފައިވާއިރު، 05 ނޮވެމްބަރުގައި އައްޑޫގައި ދައުލަތުގެ ނިޝާން ޖަހައިގެން ބޮޑީ ބިލްޑިންގ މުބާރާތެއް ބާއްވަން ރައީސް މުއިއްޒު ނިންމަވާފައި ވާކަން ހާމަ ވެއްޖެ

ދިޔަވަރު
"ހަށިގަނޑު ހާމަކޮށްގެން" ކުޅޭ ކުޅިވަރުން ލިބޭނީ ގެއްލުން ކަމަށް ރައީސް ބުނެފައިވާއިރު، 05 ނޮވެމްބަރުގައި އައްޑޫގައި ދައުލަތުގެ ނިޝާން ޖަހައިގެން ބޮޑީ ބިލްޑިންގ މުބާރާތެއް ބާއްވަން ރައީސް މުއިއްޒު ނިންމަވާފައި ވާކަން ހާމަ ވެއްޖެ

"ހަށިގަނޑު ހާމަކޮށްގެން" ކުޅޭ ކުޅިވަރުން ލިބޭނީ ގެއްލުން ކަމަށް ރައީސް ބުނެފައިވާއިރު، 05 ނޮވެމްބަރުގައި އައްޑޫގައި ދައުލަތުގެ ނިޝާން ޖަހައިގެން ބޮޑީ ބިލްޑިންގ މުބާރާތެއް ބާއްވަން ރައީސް މުއިއްޒު ނިންމަވާފައި ވާކަން ހާމަ ވެއްޖެ އެވެ.

ވީބީޕީއެން ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަ ޖެހިފައިވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިސިގް ސްޕޯޓްސް ފެޑްރޭޝަން އާއި ދިވެހި ސަރުކާރާއި ގުޅިގެންނެވެ. އަދި މި އިވެންޓް ބޭއްވުމަށް ހަމަ ޖެހިފައިވަނީ އައްޑޫސިޓީ ކެނަރީފް ރިސޯޓްގައި ކަމަށް މި އިވެންޓް ސަރުކާރާއި ގުޅިގެން އިންތިޒާމް ކޮށްފައިވާ ފަރާތުން ހާމަ ކުރެއެވެ.

މި އިވެންޓުގައި އަންހެނުންނާއި ފިރިހެނުން އެމީހުންގެ ހަށިގަނޑުގެ ވަނާތައް އައުރަ އެކުލެވޭހެން ދައްކާލުން އޮންނާނެއެވެ. ރައީސް މުއިއްޒު ވަނީ އިއްޔެ މިކަމަކީ ގެއްލުން ދެނެވި ކަމެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!

وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ."

ރައީސް މުއިއްޒު މިހެން ޓްވީޓް ކުރައްވާފައިވެއެވެ.

ނަމަވެސް، އާދައިގެ މަތިން، އެމަނިކުފާނު ދައްކާ ވާހަކަ އާއި އަމަލާއި ދިމާނުވެ، މި ވާހަކަ މި ގޮތަށް ދައްކައި ކީރިތި ޤުރުއާނުން އާޔަތް ލިޔެ ދެއްކި އިރު، ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުން ނިވާކަން ކުޑަކޮށް، އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ބޮޑީބިލްޑިންގ މުބާރާތެއް ބޭއްވުމަށް ރާވާފައެވެ.

ސަރުކާރުން ވަނީ މި މުބާރާތް ބޭއްވުމަށް ބޭނުންވާ އިންތިޒާމްތައް ފަހި ކޮށްދިނުމުގެ އިތުރަށް މިކަމަށް ބޭނުންވާ ބައެއް ފަންޑިންގވެސް ހަމަ ޖައްސާފައި ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ހާމަކުރެއެވެ.

މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު އެ ފަރާތުގެ ފޭސްބުކް ޕޭޖްގައި ހިމަނާފައިވެއެވެ. ރައީސް މުއިއްޒު އިތުރުފުޅު ހައްދަވާލެއް ގިނަ ކަމުން، ގިނަބަޔަކު އެމަނިކުފާނު ދައްކާވާހަކަ އަޑުއެހުން މިހާރު ވަނީ ހުއްޓާލާފައެވެ.