ޚަބަރު

ޚަރަދު ކުޑަކުރުމަށް 15 ދުވަސް ތެރޭ 228 މީހުން، ސިޔާސީ މަގާމުތަކުން ވަކި ކުރާނެ ކަމަށްބުނެ އެކަން ނުކޮށް އިތުރުފުޅު ހައްދަވައިފި

ދިޔަވަރު
ޚަރަދު ކުޑަކުރުމަށް 15 ދުވަސް ތެރޭ 228 މީހުން، ސިޔާސީ މަގާމުތަކުން ވަކި ކުރާނެ ކަމަށްބުނެ އެކަން ނުކޮށް އިތުރުފުޅު ހައްދަވައިފި

ޚަރަދު ކުޑަކުރުމަށް ކަމަށް ކަމަށް ވިދާޅުވުމަށް ފަހު، 228 މީހުން، ސިޔާސީ މަގާމުތަކުން ވަކި ކުރާނެ ކަމަށްބުނެ އެކަން އިއުލާނު ކުރުމަށް ފަހު އެކަންވެސް ނުކޮށް ރައީސް މުއިއްޒު އިތުރުފުޅު ހައްދަވައިފިއެވެ.

އެމަނިކުފާނު 228 މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށް ވިދާޅުވެފައިވަނީ 15 އޮކްޓޯބަރުގައެވެ.

މީގެ 16 ދުވަސް ކުރިން އެމަނިކުފާނު ކުރެއްވި ޓްވީޓްގައި، އިނގިރޭސީ ބަހުން ވިދާޅުވެފައި ވަނީ؛

އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ސީދާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އަޅުގަނޑު މިއަދުވަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި ތިބި 228 ސިޔާސީ މަޤާމުތަކުގެ ބޭފުޅުން އަންނަ 15 ދުވަހުގެ ތެރޭގައި ވަކިކުރުމަށް އަންގާފައެވެ. މީގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ.

މިހެން ވިދާޅުވެފައި ވީނަމަވެސް، މިހާތަނަށް ވަޒީފާއިން ވަކި ކޮށްފައިވަނީ އެންމެ 8 މީހުން ކަން ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ވަކި ކުރި މީހުން ތެރެއިން ބައެއް މީހުން ވަނީ ފަހުން އެހެން ތަންތަނުން ވަޒީފާ ހަމަ ޖައްސާފައެވެ.

ރައީސް މުއިއްޒު ވަޒީފާއިން ޕީއެންސީގެ ސިޔާސީ މީހުން ވަކި ކުރާނެ ކަމަށް ވިދާޅުވެފައިވަނީ، ބިރު ދައްކައިގެން ޕީއެންސީ އަށް ސޮއެ ހޯދަން ކަމަށް ޕީއެންސީގެ ބައެއް ފަރާތްތަކުން މީގެ ކުރިން ދިޔަވަރު ނޫހަށް މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.

ރައީސް މުއިއްޒުގެ ކިބާގައި މިފަދައިން މީހުންނަށް ބިރު ދެއްކުމާއި، އިތުރުފުޅު ހެއްދެވުމާއި، އޮޅުވާލުމާއި، ބަހާއި އަމަލާއި ދިމާނުވާ މައްސަލަ ހުންނާތީ އެމަނިކުފާނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ތާޢީދު ދަނީ ގެއްލެމުންނެވެ.