ރާއްޖޭގެ މަޝްހޫރު ދުވަހު ނޫސް، އަދަދަށް ރޭގައި ބޭއްވި ”11 ވަނަ ނޫސްވެރިކަމުގެ އެވޯޑް“ ހަފްލާގައި ސްކީލާން ޑޮކިޔުމެންޓްރީއަށް އެވޯޑެއް ލިބުނު ވަގުތު ނާއިބް ރައީސް އަށް އަތްޖެހުނު ކަމަށް ބުނެ، މުއިއްޒު ރުޅިގަދަވެ، މަސްލަހަތު ގެއްލިއްޖެއެވެ.
ނާއިބް ރައީސް އަތްޖެހިކަމަށް އެފަދަ ވާހަކަ އެއް ރައީސް އަރިހުގައި ދައްކާފައި ވަނީ، ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލު ކަމަށް ބެލެވެއެވެ. މި މަންޒަރު ޓީވީ އިން ލައިވް ކުރި އިރު ދައްކާފައި ނުވެއެވެ.
ނާއިބް ރައީސް އާއި އޮތް ގުޅުން މުއިއްޒުއާއި މިހާރުވެސް ހީނަރު ވެފައި ވާއިރު، މުއިއްޒު އެއްވެސް ފަރާތަކަށް އިތުބާރެއް ނުކުރެއެވެ. ބާރުތައް ނެގުމަށް މަސައްކަތް ކުރަމުން ދަނީ އެހެންވެއެވެ.
ސްކީލާން ޑޮކިޔުމެންޓްރީ އަކީ ރައީސް މުއިއްޒު އޭނާގެ ދޮންމައްމަ އާއި މެދު ކަންކަން ކުރި އަނިޔާވެރިކަން ދައްކުވައިދޭ ޑޮކިޔުމެންޓްރީއެކެވެ. މި ޑޮކިޔުމެންޓްރީގައި ވަނީ ހަޤީގީ ވާހަކަތެކެވެ. ރައީސް މުއިއްޒު އާންމު ދިވެހި ރައްޔިތުންނާއި މެދު އަމަލު ކުރައްވަމުން ގެންދަވަނީވެސް އަނިޔާވެރިކޮށެވެ. މިގޮތުން އިއްޔެ ވަނީ ކޯފާއިސްވެ، ޕީއެސްއެމްގެ އިސް ފަރާތެއް އޭނާ 30 އަހަރު ހުރި މަޤާމުން ވަކިކޮށްފައެވެ.