ޚަބަރު

248 ސިޔާސީ މީހުން ވަކި ކޮށްފައިވާކަމަށް ބުނެ ހީނާ ވަލީދު ރައީސްގެ ފަރާތުން އިތުރުފުޅު ހައްދަވައިފި

ދިޔަވަރު
248 ސިޔާސީ މީހުން ވަކި ކޮށްފައިވާކަމަށް ބުނެ ހީނާ ވަލީދު ރައީސްގެ ފަރާތުން އިތުރުފުޅު ހައްދަވައިފި

248 ސިޔާސީ މީހުން ވަކި ކޮށްފައިވާކަމަށް ބުނެ ހީނާ ވަލީދު ރައީސްގެ ފަރާތުން އިތުރުފުޅު ހައްދަވައިފިއެވެ. ނަމަވެސް ދިޔަވަރު ނޫހުން އެކި މިނިސްޓްރީތަކުގައި ތިބި ސިޔާސީ ފަރާތްތަކަށް ގުޅައި ބެލިބެލުމުން 8 ވަރަކަށް މީހުން ނޫނީ ވަޒީފާއިން ވަކިކޮށްފައި ނުވެއެވެ.

މީހުން ވަޒީފާއިން ވަކި ކުރަން އަންގަނީ ރައީސް އޮފީހުން އަލީ އާރިފު ހަދާފައިވާ ލިސްޓަކަށެވެ. މަދު ބަޔަކަށް އިސްތިއުފާ ދިނުމަށް އެދި މެސެޖް ކޮށްފައި ސަރުކާރުން ވެއެވެ. މިއިން ބައެއް މެސެޖްތައް ދިޔަވަރަށްވެސް ލިބިފައިވާއިރު، ރައީސް އަށް ކަނޑާލަން އެންގުމުން އެކަމާއި ޝަކުވާކޮށް އެމައްސަލަ އާއި ގުޅުގެން ރައީސް އަށް ދެންނެވުމުން އެމީހުން ވަޒީފާއިން ނުކަނޑާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާފައި އެބަހުއްޓެވެ.

ރައީސް މުއިއްޒު ވަޒީފާއިން ކަނޑާލުމަށް ހެދި ލިސްޓުގައި ރައީސް މުއިއްޒަށް ވަފާތެރި އެތައް ބަޔަކު އެބަ ތިއްބެވެ. މިކަން ރައީސް މުއިއްޒަށް ދަނީ އެކި ގޮތް ގޮތުން އެނގެމުންނެވެ. ވަޒީފާއިން 228 މީހުން ވަކި ކޮށްފައި ނުވަނީ މީގެ ސަބަބުންނެވެ.

ރައީސް އޮފީސް ތެރޭގައި ޚުދު ރައީސްއަށްވެސް ތެދުވެރި ކަމާއި އެކު މައުލޫމާތު ދޭ ފަރާތްތައް މަދު ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވެއެވެ. އަލީއާރިފަކީ އާއިލާ ބޭފުޅެއް ކަމުގައި ވީ ނަމަވެސް، ރައީސް މުއިއްޒަށް ހެޔޮ އެދޭ ފަރާތެއް ނޫނެވެ. ރައީސްއަށް ވަފާތެރި އެތައް ބަޔަކު ހިމެނޭހެން ލިސްޓެއް ހަދައި، ސިޔާސީ ވަޒީފާތަކުން ވަކިކުރަން ރައީސް މުއިއްޒަށް ޖެއްސުމަކީ އެމަނިކުފާނަށް ސިޔާސީ ގޮތުން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއް ކަން ވިސްނި ވަޑައިގެން ވަޒީފާއިން މީހުން ވަކި ކުރުން މިވަގުތަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ވަޒީފާގައި ތިބި ވަރެއް ރައްޔިތުންނަށް ހާމަ ނުކޮށް، ވަޒީފާއިން މީހުން ވަކި ކުރިކަމަށް ބުނެ ދޮގު ހަދާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ސަރުކާރުން ވަޒީފާއިން ވަކި ކުރިކަމަށް ޗިޓު ފޮނުވި 248 ޗިޓު ރައްޔިތުންނަށް ހާމަ ކޮށްދެއްވާށެވެ.