ދޮންމަންމާފުޅު އޭނާގެ ހިތުގެ އުދާސްތައް، އާހާއި އެކު ކިޔާދޭ މަންޒަރު ފެނުމުން ހިތެއް ހުރި ކޮންމެ އިންސާނަކަށްވެސް އަސަރު ކުރާނެއެވެ. އަނިޔާވެރިކަން ކުރިމަތިވެ، ރާއްޖެއަށް ވަދެވޭ ގޮތް ބަންދުކޮށް، ލަންކާގައި އެކަނިވެރި ކޮށްލީ، އޭނާގެ އުމުރުން ބޮޑު ބައެއް އެންމެ ލޯބިން ހޭދަކުރި އޭނާގެ ފިރިމީހާގެ ފިރިހެން ދަރިފުޅެވެ. ހާލުގައި ޖެހިގެން ހަދާނެ ގޮތް ބޮޑުވެ، ތަކުރާރުން މުއިއްޒަށް ގުޅާ ހެދުމުންވެސް ކޮށްލީ ހުވަފެންވެފައިވާ މައެއް ބޭގަރާރެވެ. މެސެޖެއްވެސް ބަލާލުމެއް ނެތެވެ. އެހީތެރިކަމަކަށް މިއަދު އެދޭނެ އާރެއް އިޔާރެއް ނެތް އިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދޮންމަންމާފުޅު އިންނެވީ ކުޑަކުޑަ ކޮޓަރިއެއްގައި ކިރިޔާ ބަނޑުފުރާނަ މުއްތި ކުރެވޭ ހާލެއްގައި ތިން އިރުގެ ފުރާގު ހަމަވާނެ ކަމުގެ ޔަގީންކަންވެސް ނެތިއެވެ. ހިތްދަތިކަމުގެ އިހްސާސް އިން ލަނގޮޑިއަށް ފުން އަސަރާއި އޭގެ ތަދު ނުކުރާނީ ކޮން އިންސާނެއް ތޯއެވެ. ނަމަވެސް ރައީސް މުއިއްޒު މިއަދު އިންނެވީ ގަނޑުވަރުގައެވެ. މުލިއާގޭގައެވެ.
ރައީސް މުއިއްޒު އޭނާގެ ދޮންމައްމައަށް ދިން އަނިޔާ ނުދޭކަމަށް ދެއްކުމަށް އަދަދުގެ އެ ޑޮކިޔުމެންޓްރީ އަށް އޭގެ ހައްޤު ޝަރަފު ނުދޭން ކިތަންމެ މަސައްކަތެއް ކުރިއަސް، ލޯމަތިން މިއަދު އެއީ ހަޤީގަތްކަން ކަށަވަރު ނުވާނެ ދިވެއްސެއްނެތެވެ. މުއިއްޒު އަކީ އޭނާގެ ދޮން މަންމައަށް ހެޔޮ އެދޭ މީހެއްނަމަ، ދޮންމައްމަ ހުންނާނީ މިއަދު އަރިހުގައެވެ. މުލިއާގޭގައެވެ. ރާއްޖެއަށް ނުވަދެވޭ ގޮތަށް ބްލެކް ލިސްޓްކޮށް ލަންކާގައި އެކަނިވެރިވެފައެއް ނޫނެވެ. މި ހަޤީގަތް އެ ޑޮކިޔުމެންޓްރީގައި ހުރި ހުރިހާވާހަކައެއް ތެދު ކުރެއެވެ. އެކަމުގައި ޝައްކެއް ނެތް މިންވަރަށެވެ.
މުލިޔާގޭގައި މުއިއްޒުގެ އާއިލާ މީހުން ދިރިއުޅެއެވެ. ގ.ވަށަފަރު އިގްބާލު އާދަމް ދިރިއުޅެނީ އެގޭގައެވެ. އިޤްބާލާއި އެކު އެތައް ބަޔަކު މުލިއާގެއަށް ވަދެ ނިކުމެ އެގޭގައި ނިދާ ހަދާ ކަމަށް މާލެ ތެރޭ ވާހަކަވެސް ދެކެވެއެވެ. މުލިއާގޭގައި އިގްބާލު އާދަމް ދިރިއުޅޭ އިރު އެ ފުރުޞަތު ދޮންމަންމާފުޅަށް ނުދޭންވީ ވަކި ކީއްވެތޯއެވެ. ކުލުނެއް ނެތީމައެވެ. ހަމްދަރުދީއެއް ނެތީމެވެ.
މުއިއްޒުއަކީ އޭނާގެ ދޮންމާމާފުޅަ ހެޔޮ މީހެއް ނަމަ، އެ ޑޮކިޔުމެންޓްރިއެއް ވުޖޫދަކަށް ނާންނާނެއެވެ. އަދި އޭނާގެ ދޮންމަންމަ ދިރިއުޅޭނީވެސް، މުއިއްޒަށް ހާލު ބެލޭ ހިސާބުގައި ދިމްޔާތުގައެވެ. އަދި މިއަދު ދިރިއުޅޭނީ އުފަލުގައި މުލިއާގޭގައެވެ.