ޚަބަރު

ސާޖިދާގެ ޓެންޒޭނިއާ ދަތުރުުފުޅަށް ދައުލަތުގެ މާލިއްޔަތުން 3 މިލިއަން ރުރިޔާ ޚަރަދު ކުރި!

ދިޔަވަރު
ސާޖިދާގެ ޓެންޒޭނިއާ ދަތުރުުފުޅަށް ދައުލަތުގެ މާލިއްޔަތުން 3 މިލިއަން ރުރިޔާ ޚަރަދު ކުރި!

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޓެންޒެނިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދައުލަތުގެ މާލިއްޔަތުން 3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

ސާޖިދާ ޓެންޒޭނިއާއަށް ވަޑައިގެންނެވީ ރަސްމީ ހައިސިއްޔަތުންނެވެ. އަދި އެގައުމަށް ވަޑައިގެންނެވިއިރު އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރައްވާނެ ޓީމެއް ސާޖިދާ އަރިހުގައި ގެންދަވާފައި ވެއެވެ. އެނގިފައިވާ ގޮތުގައި, ދުރުގާތް ކޮށްދީ, ސަޖިދާގެ ހުރިހާކަމެއް ފުރިހަމަ ކޮށްދިނުމަށް އަރިހުގައި ގެންދެވި މިޓީމުގެ ހުރިހާ ޚަރަދެއްވެސް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުންނެވެ.

ސާޖިދާއަކީ މުއިއްޒުގެ އަނބިކަބަލުން ކަމުގައިވި ނަމަވެސް, ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މާލިއްޔަތުން ޚަރަދުކޮށް ދަތުރު ފަތުރު ކުމުގެ އިޚްތިޔާރު ސާޖިދާއަށް ލިބިގެނެއް ނުވެއެވެ. އެހެންނަމަވެސް ރައީސުލްޖުމުހޫރިއްޔާގެ ރަސްމީ މަސައްކަތްތަކަށް ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރުން ގާނޫނުން ފުޅާ ދާއިރާއެއްގައި ހުއްދަ ކޮށްފައި އޮވެއެވެ.

ސާޖިދާގެ ޓެންޒޭނިއާގެ ދަތުރަށް ދައުލަތުގެ މާލިއްޔަތުން 3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު, ދައުލަތު ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ހިފަހައްޓާ, ގިނަ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާވެސް ހިފަހައްޓާފައެވެ. އަދި އޭގެ އިތުރުން މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ބޮޑުބައެއްވެސް އަދިވެސް މަސްވެރިންނަށް ދޫކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް މިސަރުކާރުގެ އިސްވެރިން އަދިވެސް ގެންދަވަނީ ފަސްޓު ކުލާހުގައި ހުއްޓުމެއް ނެތި އެކި ގައުމުތަކަށް ދަތުރުކޮށް, ދައުލަތުގެ މާލިއްޔަތު ތަޅާ ބުރުވަމުންނެވެ.

ސާޖިދާގެ ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ސާޖިދާ ވަނީ، ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި ކީނޯޓް ތަޤުރީރު ދެއްވުމުގެ އިތުރުން، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ.