ބަޖެޓު އުނިކޮށް، ކައުންސިލްތައް ނުހިންގޭ ގޮތް ހެދުމަށް ފަހު، ކައުންސިލްތަކުގެ ދައުރު ދެން ވަރަށްވެސް ބޮޑު ވާނެ ކަމަށް ބުނެ އެޓޯލް މިނިސްޓަރ ކައުންސިލްތަކަށް މަލާމާތް ކޮށް ޓްވީޓް ކޮށްފިއެވެ.
ކައުންސިލްތަކުގެ ދައުރު އަދާކުރުމަށް، ބަޖެޓުގައި ޤާނޫނީ ގޮތުން ލާޒިމް ކުރާ އަދަދަކީ 2.8 ބިލިއަން ކަމުގައިވިއަސް 2025 ބަޖެޓުގައި 1.4 މިލިއަން ޖަހައި ސަރުކާރުން ވަނީ ބަޖެޓް ކުޑަކޮށްފައެވެ. މިކަމުގެ ސަބަބުން ކައުންސިލް ހިންގުމަށް ނަގާފައިވާ އިދާރީ މުއައްޒަފުންނާއި، ކައުންސިލަރުންގެ މުސާރަވެސް ނުދެވޭނެއެވެ. މީގެ އިތުރުން ރަށުގައި، ރައްޔިތުންނަށް ދިމާވާ ދަތިތައް ފިލުވުމަށް ކުރަން ހުންނަ ކަންކަންވެސް ދެން ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.
ނަމަވެސް މިއަދު ކުރެއްވި ޓްވީޓް ގައި ވަނީ "ކައުންސިލުތަކަށް އޮންނަ ހިއްސާއާ ދައުރު މިހާރަށް ވުރެ ވެސް ބޮޑުވުމަކީ، ދެކެން ބޭނުންވާ މަންޒަރު" ކަމަށެވެ. މިއީ ކައުންސިލްގެ ބަޖެޓް ކަނޑާލައި ރައްޔިތުންގެ އެތައް ހައްޤުތަކަކަށް އަރާގަތުމަށް ފަހު، ކައުންސިލަށް ކުރި މަލާމާތެއް ކަމަށް ގިނަބަޔަކު ދަނީ ސިފަކޮށް، ފާޑު ކިޔަމުންނެވެ.
ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި މިއަހަރަށް 2.2 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު އެ އަދަދު 2025 އަށް ވަނީ 1.4 ބިލިއަން ރުފިޔާ އަށް ކުޑަކޮށްފައި. ފުވައްމުލައް ސިޓީ ކައުންސިލް ބަޖެޓުންވެސް 17 މިލިއަން ރުފިޔާ މަދުވެގެން ދާނެ.
ރަށްފުށުގެ ކުރިއެރުމާއި ތަރައްގީއަށް ކައުންސިލްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ބަޖެޓް ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް. ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓް އެކަށީގެންވާ ވަރަށް ބޮޑުކުރުމަށް ގޮވާލަން.
ފުވައްމުލަކު ކައުންސިލަރ އިސްމާއިލް ރަފީގް އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައި ވެއެވެ.
މި ހިނގާ 2024 ވަނަ އަހަރު ތިނަދޫ ސިޓީ ކައުންސިލްގެ ގްރާންޓްގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދަށް ވުރެ 2025 ވަނަ އަހަރަށް ތައްޔާރު ކުރެވުނު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓް ފައިސާ ، ތިނަދޫ ސިޓީ ކައުންސިލް ބަޖެޓުން 17 މިލިއަން ރުފިޔާ މަދުވެގެން ދާނެ.
މި ސިޓީގެ ކުރިއެރުމާއި ތަރައްގީއަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ހުއްޓި ކައުންސިލްގެ ރިކަރަންޓް ޚާރަދުވެސް ނުކުރެވޭވަރަށް ބަޖެޓު ކުޑަކުރުމަކީ ހިތާމަކުރާ ކަމެއް.
އަދި ގާނޫނުގައި ކަނޑައެޅިފައިވާ މިންވަރަށް ގްރާންޓްތައް ބޮޑުކުރުމަށް ކަމާގުޅުންހުރި ހުރިހާފަރާތްތަކަށް ގޮވާލަން.
ތިނަދޫ ސިޓީ ކައުންސިލްގެ ރައީސް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
އަތޮޅުތަކުގައި ތަރައްގީގެ ގޮތުގައި ގާކޮޅެއްވެސް ގުޑުވާނުލެވި 2024 ވަނައަހަރު ދައުލަތުގެ ބަޖެޓްއަށް ހުށައެޅި 50 ބިލިއަނެއްހާ ރުފިޔާ ހުސްވެ އަދި ކުރިއާލާ އެއްވެސް އިޝާރާތެއްނެތި ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ލިބެންޖެހޭ ބަޖެޓް ކުޑަކޮށް މަޖްލިސްއަށް ހުށައަޅާފައި ވުމަކީ ކަންބޮޑުވުން އޮތް ކަމެއް. ހުށައެޅިފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރަވެސް ދެވޭނެ ގޮތެއް ނުވިސްނޭ. ރާއްޖޭގެ މާލީހާލަތު ސަރުކާރުން ހާމަނުކުރާއިރު އަދި ހަރަދު ކުޑަކުރުމަށް އަމުދުން ފިޔަވަޅެއް ނާޅާއިރު މިޒާތުގެ މާލީ ސިޔާސަތަކީ ތަފާތުކުރުމާއި އޮޅުވާލުން ކަމަށް ގަބޫލުކުރަން.
އައްޑޫ ސީޓީ މޭޔަރު އޭނާގެ ޓްވިޓަރގައި ލިޔުއްވާފައިވެއެވެ.
ރައީސް މުއިއްޒު ވަނީ ކައުންސިލްތަކަށް ޤާނޫނުން ލިބިދޭ ގިނަ ބާރުތަކެއް މަޖިލިސް މެދުވެރިކޮށް ނަގާފައެވެ. މި ބާރުތައް ނަގާފައިވަނީ ރައްޔިތުން ނިކަމެތި ކުރުމާއި، ރައްޔިތުންގެ ހައްޤުތައް ހަނި ކޮށް، ރައީސް މުއިއްޒުގެ ބާރުތައް ގަދަކޮށް، ވެރިކަމަކީ ރަސްކަމެއްފަދަ ބާރުގަދަ ވެރިކަމަކަށް ހެދުމަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ އަނިޔާވެރި މަސައްކަތުގެ ތެރެއިންނެވެ.