ޚަބަރު

މުއިއްޒު ހަދަން އުޅުނު ބުޅާ ފެސިލިޓީއަށް ވީ ގޮތް މިއޮތީ!

ދިޔަވަރު
މުއިއްޒު ހަދަން އުޅުނު ބުޅާ ފެސިލިޓީއަށް ވީ ގޮތް މިއޮތީ!

ކައުންސިލަކުން މިއަދު ކަމެއް ކޮށްލިއަސް މުއިއްޒު ހުންނަވަނީ އެކަމުން ކްރެޑިޓް ނަގާނެ ގޮތެއް ބަލަބަލައެވެ. މުއިއްޒު މާލޭ ސީޓީ ކައުންސިލްގައި ހުންނަވައިގެން ކުރެއްވީ އެންމެ ކަމެކެވެ. އެއީ ވެރިކަމަށް އައުމަށް ޕީޕީއެމްގެ ގިނަ ބަޔަކަށް ވަޒީފާ ދިނުމާއި، ވެރިކަމަށް އައުމަށް ކައުންސިލްގެ ބަޖެޓް ނަހަމަ ގޮތުގައި ބޭނުންކޮށް މުއްސަނދިވުމެވެ.

ރައްޔިތުންނަށް މުހިންމު ކަންކަމުގައި މުއިއްޒު ފިޔަވަޅު އެޅުއްވީ ފަހަތަށެވެ. މިގޮތުން މުއިއްޒަށް ނުނިންމުނު އާސަހަރާ މިސްކިތާއި، ބުޅާ ފެސިލިޓީ މިސާލަކަށް ފުދެއެވެ.

މުއިއްޒު އަޅަން އުޅުނު ބުޅާ ފެސިލިޓީއަށް ވީގޮތް މިއޮތީއެވެ.

2022 ވަނަ އަހަރު އޮކްޓޯބަރ މަހު 9 އެއްގައި، ނޫސްވެރިންނާއި ބައްދަލުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލޭގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލު ގެނައުމަށް މާލޭ ސިޓީ ކައުންސިލުން ހަރަދުކޮށްގެން ޤާއިމުކުރަން ނިންމާފައިވާ  ”އެނިމަލް ކެޓް ފެސިލިޓީ“ ގެ މަސައްކަތް މި ފެށޭ އަހަރު (2023)ގެ ޖެނުއަރީ މަހު ފެށާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްދު މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މުއިއްޒު އެކަމެއް ނުކުރައްވައެވެ. ހެއްދެވީ ދޮގެވެ.

އޭގެ އެއްމަސް ކުރިން 1 ސެޕްޓެމްބަރ 2022 ގައި، ބުޅަލުގެ އުނދަގުލުން ސަލާމަތްވުމަށްޓަކައި، ބުޅާތައް ބައިތިއްބާނެ ތަނަކާއެކު ވެޓް ސާވިސް ކްލިނިކެއް ވިލިމާލޭގައި އިމާރާތްކުރުމަށް މާލޭ ސިޓީ ކައުންސިލުން މުއިއްޒު ފާސްކުރިއެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ޖަލްސާއެވެ. މިކަމެއްވެސް ނުކުރައްވަވައެވެ. ވިލިމާލޭގައި އެފަދަ ފެސިލިޓީއެއް އެޅަނީ ކަމަށް ބުނެ ރައްޔިތުންނަށް ދެއްކީ ދަޅައެވެ. ހެދީ ދޮގެވެ.

އޭގެ އަހަރެއް ކުރިން 8 ޖޫން 2021 ގައި ނޫސްވެރިން ނާއި ބައްދަލުކޮށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ތެރޭ މަގުތަކާއި އާންމު ތަންތަނުގައި އާންމުނަށް އުނދަގޫ ވާގޮތަށް އުޅޭ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް 2021ގައިވެސް ނޫސްވެރިންނާއި ބައްދަލުކޮށް، ދޮގު ވައުދެއް ވުމުގެ އިތުރަށް އެކަމަށްޓަކައި މޭޔަރު މުއިއްޒު އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ.

މިއިން އެއްވެސް ކަމެއް މުއިއްޒުގެ ވައުދާއި އެއްގޮތަށް ކޮށްފައި ނުވެއެވެ. އޭރުވެސް މަސައްކަތް ކުރީ، އިހްލާސްތެރި ކަމާއި އެކު ނޫންކަން ދައްކަމުން ދިޔަ ވާހަކަ ތައް ދެކޮޅު ނުޖެހޭތީ ސާފު ކޮށް އެނގެއެވެ. މި ގޮތަށް ސިޓީ ކައުންސިލުން ހައްލު ކުރަން ހުރި، މާލޭގެ ބޮޑެތި މައްސަލަތަކާއި ގުޅޭ ގޮތުން މުއިއްޒު ދިޔައީ މާލޭ ރައްޔިތުންނަށް ތަކުރާރުކޮށް ދޮގު ހަދައި އޮޅުވާލަމުންނެވެ.

ނަތީޖާއަކީ ބުޅަލުގެ މައްސަލަ ރާއްޖޭގައި ހައްލު ނުވެ، ގިނަ ބަލިތަކަށް ވެރިކަން ކުރާ މާލެ ހުޅުވިގެން ދިޔުމެވެ. ބުޅާތައް ހުޅުމާލޭގައިވެސް ގިނަވެ، އާންމު އުނދަގުލަކަށް ވުމެވެ. ކޮންމެ ފަހަރަކު، ރައްޔިތުންގެ ހިތްހަމަ ނުޖެހުން ބޮޑުވުމުން، ނޫސްވެރިންގެ ބައްދަލުވުމެއް ބާވާފައި، "މިއުޅެނީ ހަމަ އެކަމާއޭ" ބުނެލުން ފިޔަވާ އިތުރު ކަމެއް މުއިއްޒު ކޮށްފައި ނުވެއެވެ. މިއަދުވެސް ހުރިހާ ކަމެއްގައި މުއިއްޒު ގެންގުޅެނީ ރައްޔިތުންނަށް ދޮގު ހެދުމުގެ މި އުސޫލެވެ.

މުޅި މާލެ ފެންބޮޑުވާ ކޮންމެ ފަހަރަކު، އެތައް ސަތޭކަ ގެއަކަށް ފެން ވަދެފައި ވާއިރު، އެއީ ބުޅާ ނަޖިހުން ތަޣައްޔަރު ވެފައިވާ ފެނެވެ. މިއީ މުއިއްޒުގެ ފަރާތުން މާލޭ ރައްޔިތުންނަށް ދިން ޚިދުމަތް ހުރިގޮތެވެ.

މިއަދު ބުޅާ ފެސިލިޓީ ބަޔަކު ހަދާ ނިންމުމުން، ރައީސް މުއިއްޒު ދަނީ އެކަމުގެ ކްރެޑިޓް ނެގޭތޯ ލައްކަ މަސައްކަތެއް ކުރަމުންނެވެ. މީހުން ކުރާ ހެޔޮ މަސައްކަތުގެ ރީތި ޝަރަފު ނެގުމަކީ ހާދަހާވާ ނުބައި ކަމެކެވެ.