ބުޅާ ފެސިލިޓީ އެޅީ މި ސަރުކާރުން ކަމަށް ބުނެ، ރައީސް އޮފީހުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ދޮގު ހަދައިފިއެވެ.
ޕެޓް ކެއަރ ފެސިލިޓީގެ ރަސްމީ އިފްތިތާޙީ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންފި. މި ހަފްލާ އިންތިޒާމް ކޮށްފައިވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިންނެވެ.
ސަރުކާރުގެ ހަފްތާ 14 ގެ ވަޢުދުތަކުގެ ތެރެއިން މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލަ ހައްލުކުރުމަށާއި، ޤައުމީ ފެންވަރެއްގައި ގަވާއިދުތައް ތަންފީޒުކުރުމަށް މި ފެސިލިޓީ ސަރުކާރުން ގާއިމު ކުރައްވައިފި.
ކަމަށް ލިޔެފައިވެއެވެ. ނަމަވެސް، ބުޅާ ފެސިލިޓީއަކީ މި ސަރުކާރުން އެކަމުގައި އެއްވެސް ޝަމިލުވުމެއްވާ ކަމެއް ނޫނެވެ. ބުޅާ ފެސިލިޓީއަކީ ސިޓީކައުންސިލުން އަޅާފައިވާ ތަނެކެވެ. މިތަން ސިޓީ ކައުންސިލުން އަޅާފައިވަނީ އެމްޑީޕީގެ މޭޔަރު އާދަމް އާޒިމް އެވެ. މިކަމާއި ރައީސް މުއިއްޒު އާއި އެއްވެސް ގުޅުމެއް ނެތް އިރު، ހަރަދުކޮށް، މިތަން ހުޅުވުމުގެ ރަސްމިއްޔާތެއް މުއިއްޒު މިވަނީ އަމިއްލައަށް މަތިންބައިން ޖެހިގެން ބާއްވާފައެވެ.
ރައީސް އޮފީހުން ކުރި ޓްވީޓްގައި ވަނީ "government established this facility" ކަމަށެވެ.
މުއިއްޒު ވަނީ 2021 ގައި އަދި 2022 ޖުމްލަ 3 ފަހަރު މަތިން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި ބުޅާ ފެސިލިޓީއެއް އަޅާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާއި ގުޅުންހުރި އެއްވެސް މަސައްކަތެއް މުއިއްޒު ކޮށްފައި ނުވެއެވެ. އެކަމުން ވެސް ހެދީ ދޮގެވެ.
ރައީސް މުއިއްޒު ދަނީ ލޯ ކުރިމައްޗަށް ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންނަށް ދޮގު ހަދާ އޮޅުވާލަމުންނެވެ.