ޚަބަރު

ޕްރައިވެޓް އިންޝުއަރެންސް އޮތް މީހުން، ފުރަތަމަ އަމިއްލަ އަތުން ފައިސާ ދައްކައި، އެ ފައިސާ ހޯދަން އިންޝުއަރެންސް އަށް ހުށައަޅަން ޖެހޭ ގޮތަށް އިންޝުއަރެންސް ކުންފުނިތަކުން އުސޫލު ބަދަލުކޮށްފި: އޭޑީކޭ

ދިޔަވަރު
ޕްރައިވެޓް އިންޝުއަރެންސް އޮތް މީހުން، ފުރަތަމަ އަމިއްލަ އަތުން ފައިސާ ދައްކައި، އެ ފައިސާ ހޯދަން އިންޝުއަރެންސް އަށް ހުށައަޅަން ޖެހޭ ގޮތަށް އިންޝުއަރެންސް ކުންފުނިތަކުން އުސޫލު ބަދަލުކޮށްފި: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ އާސަންދަ ސްކީމަށް ގެނެވުނު އައު ބަދަލާ ގުޅިގެން، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން އަމިއްލަ އަތުން ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި، ގިނަ ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން ވަނީ ކޭޝްލެސް ސާވިސް ހުއްޓާލަން ނިންމާފައެވެ. މީގެ ސަބަބުން ބަލިމީހުން އަމިއްލަ އަތުން ފައިސާ ދައްކަން ޖެހޭނެއެވެ.

އިތުރު ތަފްސީލު ދެމުން ޑރ. ނިޔާފު ވިދާޅުވީ:

  • ޕްރައިވެޓް އިންޝުއަރެންސްގެ ލިމިޓް ހަމަނުވާ ހާލަތުގައި، ހިދުމަތުގެ ފުރިހަމަ އަގު ފުރަތަމަ ބަލިމީހާ އަމިއްލައަށް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވުވި
  • ފައިސާ ދެއްކުމުން ހޮސްޕިޓަލުން ބިލެއް ދޫކުރާނެ
  • މި ބިލު އިންޝުއަރެންސް ކުންފުންޏަށް ހުށަހަޅައިގެން ފައިސާ އަނބުރާ ހޯދިދާނެ ކަމަށް ހާމަ ކުރިއެވެ.

މި ގޮތަށް އިންޝުއަރެންސް ކުންފުނިތަކުން ފައިސާ ހޯދަން ގިނަ ދުވަސްތަކެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި ރާއްޖެއިން ބޭރުގައި މި ގޮތަށް ޕްރައިވެޓް އިންޝުއަރެންސް އަށް ކްލައިމް ހުށައަޅަނީ ހާއްސަ ހާލަތްތަކުގައެވެ. މިސާލަކަށް އައިނު ހެއްދުން ފަދަ ކަންކަމުގައެވެ.

މި ބަދަލާއެކު:

  • ދިގު މުއްދަތުގެ ބޭސް ބޭނުންކުރާ ފަރާތްތަކުން ވެސް ބޭހަށް އަމިއްލައަށް ފައިސާ ދައްކަން ޖެހޭނެއެވެ. އަދި ކިތަންމެ އަގު ބޮޑުވިއަސް އެ ފައިސައެއް ދާނީ އަމިއްލަ އަތުންނެވެ. މިގޮތަަށް މިކަން މި ދިމާވީ، ރައީސް މުއިއްޒު ރާއްޖެއިން ބޭރުގެ ޤައުމުތަކާއި ރާއްޖެއާއި އޮތް ގުޅުން ހީނަރުކޮށް، އެކަމާއި ގުޅިގެން އުފެދުނު މާލީ ހާލަތެއްގެ ސަބަބުންނެވެ.
  • އާސަންދަ މެމޯއަކުން ޑޮކްޓަރަށް ދެއްކިޔަސް، އޭގެ ސަބަބުން ޖެނެރޭޓްވާ ބޭސް ސިޓީ އާސަންދައިން ކަވަރެއް ނުކުރާނެ ކަމަށް ވެސް އޭޑީކޭއިން ހާމަ ކުރިއެވެ.

އާސަންދައިން ސިއްހީ ހިދުމަތްދޭ ތަންތަނަށް ފޮނުވާފައިވާ ސާކިއުލާގައި ބަޔާންކޮށްފައިވަނީ، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ހިދުމަތް ދިނުމުގައި، އެ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވަންދެން އެ އިންޝުއަރެންސް މެދުވެރިކޮށް ހިދުމަތް ދޭން ޖެހޭނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ މިގެއްލުމަށް އަރައިގަތުމަށް، އެހެންވެރިކަމެއް ވަރަށް މުހިންމެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަކުން ރައީސް މުއިއްޒަށް މިއަދަކު އިތުބާރެއް ނުކުރެއެވެ.