ޚަބަރު

2011 އިން ފެށިގެން ކޮންމެ މަހަކު ޖަހަމުންދިޔަ 23,400ރ އަގުހުރި އިންޖެކްޝަނެއް، މުއިއްޒުގެ ސަރުކާރު އައިސް، ކުއްލިއަކަށް އާސަންދައިން ކަވަރު ކުރުން ހުއްޓުވާލައި، އެއާއިލާ ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރުކޮށްފި

ދިޔަވަރު
2011 އިން ފެށިގެން ކޮންމެ މަހަކު ޖަހަމުންދިޔަ 23,400ރ އަގުހުރި އިންޖެކްޝަނެއް، މުއިއްޒުގެ ސަރުކާރު އައިސް، ކުއްލިއަކަށް އާސަންދައިން ކަވަރު ކުރުން ހުއްޓުވާލައި، އެއާއިލާ ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރުކޮށްފި

2011 އިން ފެށިގެން ކޮންމެ މަހަކު ޖަހަމުންދިޔަ 23,400ރ އަގުހުރި އިންޖެކްޝަނެއް، މުއިއްޒުގެ ސަރުކާރު އައިސް، ކުއްލިއަކަށް އާސަންދައިން ކަވަރު ކުރުން ހުއްޓުވާލައި، އެއާއިލާ ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރުކޮށްފިއެވެ. މި އިންޖެކްޝަނަކީ އާސަންދަ އުފެދުނީއްސުރެ، އާސަންދަ މެދުވެރިކޮށް ހޯދަމުންދާ އިންޖެކްޝަނެކެވެ.

މި އިންޖެކްޝަނަށް އާސަންދަ ދިނުން ހުއްޓާލީ ރައީސް މުއިއްޒުގެ ވެރިކަމުގައި ސެޕްޓެމްބަރު 2024 ގައި ކަން އާއިލާއިން ދިޔަވަރު ނޫހާއި ހިއްސާ ކޮށްފައިވާ ލިޔެކިޔުންތަކުން ސާފުވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ، ބާރުގެ އާސަންދަ ލިބެމުންދިޔަ މުހިންމު ބައެއް ހޮސްޕިޓަލްތަކުން އާސަންދަ ޚިދުމަތް ދިނުންވެސް ހުއްޓާލާފައެވެ. އަދި މީގެ އިތުރުން، ޕްރައިވެޓް އިންޝުއަރަންސް ލިބޭ ފަރާތްތަކަށް، އާސަންދަ ދިނުންވެސް މުއިއްޒު ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން، ބާއެއް ބޭސްތަކާއި، އިންޖެކްޝަނަށް އާސަންދަ ދިނުން ހުއްޓާލުމުގެ ސަބަބުން އެތައް ބަޔަކަށް ދަނީ ދަތިތައް ކުރިމަތި ވަމުންނެވެ.

ރާއްޖެ މިހާލުގައި ޖެހުނީ ބައިނަލްއަޤްވާމީ ގުޅުންތައް ގޯސްވެ، ބޭރު ދުނިޔެއިން އެއްވެސް އެހީތެރިކަމެއް ސަރުކާރަށް ނުލިބި، ސަރުކާރު ބޭނުންވާ ބަޖެޓަށް ފައިސާ ނުލިބުމުގެ ސަބަބުންނެވެ. މިކަން މެދުވެރިވީ، ވެރިކަމަށް އައުމަށް ފަހު، ޤައުމުތަކާއި ދެކޮޅު ޚާރިޖީ ސިޔާސަތެއް ބިނާ ކުރަންފެށި ހިސާބުންނެވެ. ރައީސް މުއިއްޒު އާއި މެދު މުޅި ދުނިޔެއިން ދެކެނީ ނާގާބިލު ވެރިއެއް ގޮތުގައެވެ.

ރައްޔިތުން ހާލުުގައި ދިރިއުޅޭއިރު، ރައީސް މުއިއްޒު އިސްކޮށް ހުންނަވައިގެން ސަރުކާރުގެ ބަޖެޓުން ވައްކަންކޮށް، ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަން ހިންގުން ވަނީ އިންތިހާއަށް އިތުރު ކޮށްފައެވެ.