ޚަބަރު

ކައުންސިލަށް ފައިސާ ދިނުމުގެ ނަމުގައި، ޓުއަރިޒަމުން އިތުރު އާ ޓެކްސެއް ނެގުމަށް ޤާނޫނު އިސްލާހު ކުރާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެއްޖެ

ދިޔަވަރު
ކައުންސިލަށް ފައިސާ ދިނުމުގެ ނަމުގައި، ޓުއަރިޒަމުން އިތުރު އާ ޓެކްސެއް ނެގުމަށް ޤާނޫނު އިސްލާހު ކުރާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެއްޖެ

ކައުންސިލަށް ފައިސާ ދިނުމުގެ ނަމުގައި، ގެސްޓްހައުސްތަކުން އިތުރު އާ ޓެކްސެއް ނަގާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު، ސިޓީކައުންސިލުން ނިންމާފައިވާ، ބުޅާ ފެސިލިޓީގެ ކްރެޑިޓް (ޝަރަފު) ނެގުމަށް އަމިއްލައަށް ބޭއްވި އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. ބައެއްގެ މަސައްކަތުގެ ޝަރަފު ހޯދުމަށް މުއިއްޒު މި ރަސްމިއްޔާތު ބާއްވައި، ރައީސް އޮފީހުން އެއީ ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ ދޮގު ހަދާފައިވެއެވެ.

އެހެން ބައެއްގެ މަސައްކަތުގެ މަގުބޫލު ކަމާއި ޝަރަފު ހޯދުމަށް އޮޅުވާލައިގެން ބޭއްވި މި ހަފްލާގައި، އެމަނިކުފާނު ވަނީ ބަޖެޓާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. ބަޖެޓާއި ގުޅޭގޮތުން ދެއްކި ވާހަކާގައި، ކައުންސިލްތަކަށް ދޭން ޤާނޫނުަގައި އޮތް މިންވަރަށް ފައިސާ ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ބަޖެޓް ހަދާފައިވަނީ ޤާނޫނުގައި އޮތް އަދަދަށް ވުރެ މަދުންނެވެ. ޓުއަރިޒަމްގެ އާ ޓެކްސެ އެއް ނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މި ވާހަކައިގެ ތެރެއިންނެވެ. އެއީ ލޯކަލް ޓުއަރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ނަގާނެ ކަމަށް ވިދާޅުވެއެވެ. އެއީ ގެސްޓުހައުސްތަކުން ކަމަށް ލަފާ ކުރާއިރު، ރައީސް މުއިއްޒު ލޯކަލް ޓުއަރިޒަމް ރާއްޖޭގައި ހުރި ރިސޯޓްތައް ހިމެނޭހެންވެސް މާނަ ކޮށްފާނެއެވެ. އެމަނިކުފާނަކީ މިފަދަ ކަންކަމުގައި އޮޅުވާލައިގެން ވާހަކަ އާންމުކޮށް ދައްކާ ބޭފުޅެކެވެ.

ޤާނޫނުގައި އޮތް ގޮތަށް ހުރިހާ ކައުންސިލަކަށް މިފަހަރު ބަޖެޓް ފާސްވާއިރު، ބްލޮކް ގްރާންޓް %5 ލިބޭނެ. އޭގެ އިތުރަށް، މި ދެންނެވި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހަވާލުކުރަން އަޅުގަނޑުމެން ޤާނޫނު އިސްލާހު ކުރަން ފޮނުވާނަން.

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ގެސްޓްހައުސްތަކުގެ ހާލަތު ހުރިގޮތުން، ޚަރަދުތަކާއި، ކަރަންޓާއި ފެނާއި، ޓެކްސް ދެއްކުމަށްފަހު، ފައިދާއެއްގެ ގޮތުގައި ލިބޭނީ އާމްދަނީގެ އެންމެ 15 ނުވަތަ 20 އިންސައްތައެވެ. އެއީ 100 ޑޮލަރަށް ރޫމެއް ވިއްކި ނަމަ، ފައިދާއަކަށް ވާނީ 20 ނުވަތަ 15 ޑޮލަރެވެ. މި 15 ނުވަތަ 20 ޑޮލަރު ވިއްކުމަށް ވަކި އިންސައްތައެއްގެ ބަހައްޓަން މިހާރު ވަނީ އެމްއެމްއޭއިން އަންގާފައެވެ. އަދި މިއަށް 3 ޑޮލަރު އިތުރު ކޮށް ގްރީން ޓެކްސް ގެ ގޮތުގައި 6 ޑޮލަރު ނެގުމަށް މުއިއްޒު ވަނީ ނިންމާފައެވެ. އެވަރުން ނުވެގެން މުއިއްޒު އެ ނިންމީ އިތުރު ޓެކްސް އެއް ލޯކަލް ޓޫރިޒަމުން ކައުންސިލްތަކަށް ދިނުމުގެ ނަމުގައި ނެގުމަށެވެ. މިހާރު ގްރީން ޓެކްސްގެ ގޮތުން ނަގާފައިސާއިންވެސް އެރަށެއްގެ ތިމާވެށީގެ މަޝްރޫއަކަށް ޚަރަދު ނުކުރާއިރު، މިފައިސާ ކައުންސިލްތަކަކަށް ވަކި ނުވެސް ދޭނެއެވެ.

ރައީސް މުއިއްޒު ވެރިކަން ކުރުމަށް މަސައްކަތްކުރަނީ ރައްޔިތުންނާއި، ކުދި ވިޔަފާރިތައް ފެލައި ފުނޑު ފުނޑު ކޮށްގެންނެވެ. ރާއްޖޭގެ މުޅި ތާރީޚުގައިވެސް މިފަދަ ނާގާބިލު މީހަކު ވެރިކަމަކަށް ނާދެއެވެ.