ޚަބަރު

ރައީސް މުއިއްޒު ޕާކިސްތާނަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު، އަފްޣާނިސްތާނު އެމްބަސަޑަރާއި ބައްދަލު ކުރެއްވީ، ދިވެހި ސަރުކާރުގެ ފަރާތުން ނޫން ކަމަށް ބުނެ ފޮރިން މިނިސްޓްރީ އިން ދޮގު ބަޔާނެއް ނެރެފި

ދިޔަވަރު
ރައީސް މުއިއްޒު ޕާކިސްތާނަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު، އަފްޣާނިސްތާނު އެމްބަސަޑަރާއި ބައްދަލު ކުރެއްވީ، ދިވެހި ސަރުކާރުގެ ފަރާތުން ނޫން ކަމަށް ބުނެ ފޮރިން މިނިސްޓްރީ އިން ދޮގު ބަޔާނެއް ނެރެފި

ރައީސް މުއިއްޒު ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރު، އަފްޣާނިސްތާނު އެމްބަސަޑަރާއި ބައްދަލު ކުރެއްވީ، ދިވެހި ސަރުކާރުގެ ފަރާތުން ނޫން ކަމަށް ބުނެ ފޮރިން މިނިސްޓްރީ އިން ދޮގު ބަޔާނެއް ނެރެފިއެވެ.

މިހެން ބަޔާން ނެރެފައިވާއިރު، އަފްޣާނިސްތާނު އެމްބަސަޑަރާއި ބައްދަލު ކުރެއްވުމަށް، ރާއްޖޭގެ ފަރާތުން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރު ވަޑައިގަތީ، އެމްބަސީގެ އެހެން ޑިޕްލޮމެޓުންނާއި އެކު، ރަސްމީ ކާރު ކޮޅުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައިގެންނެވެ. ތޯހާ އަފްޣާނިސްތާނުގެ ސަފީރާއި އެކު މި ރަސްމީ ބައްދަލުވުން ބާއްވާފައި ވަނީ 1 ނޮވެމްބަރު 2024 ގައެވެ.

ޕާކިސްތާނު ހައިކޮމިޝަނަރު ކަމަށް ރައީސް މުއިއްޒު އައްޔަން ކޮށްފައިވަނީ އެމަނިކުފާނާއި ވަރަށް އަރިސް ބޭފުޅެކެވެ. އެއީ އެއް އިރެއްގައި އެކީ އެއްގެއްގައި އުޅުއްވި ބޭފުޅެއްކަމުގައިވާ މުހައްމަދު ތޯހާއެވެ. ތޯހާގެ ނަން މުއިއްޒު ފުރަތަމަ ހުށައެޅުއްވީ ސައުދީ އެމްބަސަޑަރު ކަމަށެވެ. ނަމަވެސް އެ ޤައުމުން ތޯހާ އެމްބަސަޑަރެއް ގޮތުގައި ބަލައި ނުގަތުމުން، ރައީސް މުއިއްޒު ނިންމެވީ އޭނާ ޕާކިސްތާނުގެ ހައިކޮމިޝަނަރަށް ހެދުމަށެވެ.

https://twitter.com/MoFAmv/status/1853000430495863225

ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާން.

ފޮރިން މިނިސްޓްރީއިން އިނގިރޭސީން ނެރެފައިވާ މި ބަޔާނުގައި ވަނީ;

ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރާއި އަފްޣާނިސްތާނުގެ ފަރާތަކާ އެކު އިސްލާމާބާދުގައި ބޭއްވުނު ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން ބޭއްވުނު ބައްދަލުވުމެއް ނޫންކަން ދިވެހި ސަރުކާރުން ފާހަގަކޮށް، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ސަރުކާރެއްގެ ތަމްސީލީ ސިފަތަކާމެދު ސުވާލު އުފެދޭ ހާލަތްތަކުގައި އދ.ގެ ޖެނެރަލް އެސެމްބްލީން ޢަމަލުކުރާ އުސޫލަށް ދިވެހި ސަރުކާރުން ރިޢާޔަތްކުރެއެވެ. މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، އދ.ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ސަރުކާރަކީ އަފްޣާނިސްތާނުގެ ޝަރުޢީ ސަރުކާރު ކަމުގައި ދިވެހިރާއްޖެއިން ދެކެއެވެ.

ސައުދީ ސަރުކާރުން އެޤައުމުގެ އެމްބަސަޑަރު ކަމަށް ތޯހާ ޤަބޫލު ނުކުރުމުގައި، މުހިންމު ކަންތައްތަކެއް އެކުލެވިގެން ވުމަކީ އެކަށީގެންވާ ކަމެކެވެ.