ޚަބަރު

ޤާނޫނާއި ޚިލާފަށް މުއިއްޒުގެ ދޮންމަމާފުޅުގެ ޕާސްޕޯޓް މުއިއްޒު ބޭން ކުރީ އެންމެ ދުވަހެއް ތެރޭ. ނަމަވެސް އަދިވެސް އިޒްރޭލް ޕާސްޕޯޓު ބޭން ނުކުރޭ!

ދިޔަވަރު
ޤާނޫނާއި ޚިލާފަށް މުއިއްޒުގެ ދޮންމަމާފުޅުގެ ޕާސްޕޯޓް މުއިއްޒު ބޭން ކުރީ އެންމެ ދުވަހެއް ތެރޭ. ނަމަވެސް އަދިވެސް އިޒްރޭލް ޕާސްޕޯޓު ބޭން ނުކުރޭ!

ޤާނޫނާއި ޚިލާފަށް މުއިއްޒުގެ ދޮންމަމާފުޅުގެ ޕާސްޕޯޓް މުއިއްޒު ބޭން ކުރީ އެންމެ ދުވަހެއް ތެރޭ ކަން ދިޔަވަރު ނޫހަށް ހާމަ ވެއްޖެއެވެ. ޤާނޫނާއި ޚިލާފަށް މުއިއްޒު ނުފޫޒު ފޯރުވައިގެން ދޮންމަންމާފުޅުގެ ޕާސްޕޯޓް ބޭން ކޮށްފައިވަނީ އޭނާ ހައުސިންގ މިނިސްޓަރު ކަމުގައި ހުންނަވައިގެންނެވެ. މިކަން މުއިއްޒު ޤާނޫނާއި ޚިލާފަށް ކޮށްފައިވާކަން މީގެ ކުރިންއިމިގްރޭޝަނުން ވަނީ ސާބިތު ކޮށްދީފައެވެ.

އަދީ ދޮންމަންމާފުޅު ރާއްޖެއައުމުން އޭނާ ރާއްޖެ ނުވައްދައި އަނބުރާ ލަންކާ އަށް ފޮނުވާލީ ޑީޕޯޓް ކޮށްލާފައެވެ. މިކަންވެސް ކޮށްފައިވަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

މުއިއްޒު ދޮންމާމާފުޅުގެ ޕާސްޕޯޓް ބޭން ކޮށްފައިވަނީ، އޭނާގެ ހައްޤު އޭނާގެ ނިޔާވި ފިރިމީހާގެ މުދަލުގައި އޮއްވައެވެ. އޭނާ ހުވަފެންވި ދުވަހު، ރާއްޖެ ނާދެވޭ ގޮތް ހަދައި، ލަންކާގައި ބާކީ ކޮށްފައި ބަހައްޓާފައިވަނީ، މުއިއްޒު އޭނާގެ ބައްޕަގެ މުދަލަށް ހާއްސަކޮށް ދިމްޔާތަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުންނެވެ.

ދިޔަވަރުން އިތުރަށް ހޯދި ހޯދުންތަކުން ހާމަވީ، ނުހައްޤުން އަދު ޤާނޫނާއި ޚިލާފަށް މުއިއްޒުގެ ދޮންމަންމާފުޅު، ސްރީ ލަންކާ ރައްޔިތެއް ކަމަށްވާ ސްކީލަން ހުސެއިން ގެ ޕާސްޕޯޓް މަނާ ކޮށްފައިވަނީ އެންމެ ދުވަހެއްގެ ތެރޭގައި ކަމެވެ. އަދި އޭނާ ރާއްޖެއައުމަށް

ދޮންމަންމާފުޅުގެ ޕާސްޕޯޓް ބޭން ކުރެއްވި ނަމަވެސް އަދިވެސް އިޒްރޭލް ޕާސްޕޯޓެއް ބޭން އެއް ނުކުރައެވެ. އިޒްރޭލުން މުސްލިމުން ޝަހީދު ކުރުމަށްފަހު، ހިތްހަމަ ޖައްސާލަން އަންނަނީ ރާއްޖޭގެ ހިތްގައިމު ރަށްތަކަށެވެ.