ޚަބަރު

ޑިމޮކްރެޓްސް އިން މަސައްކަތް ކުރަމުން ދަނީ ޕީއެންސީގެ އަބްދުއްރަހީމް ފެކްޝަނާއި އެކު! މަސައްކަތް ކުރަމުންދަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލެވޭތޯ!

ދިޔަވަރު
ޑިމޮކްރެޓްސް އިން މަސައްކަތް ކުރަމުން ދަނީ ޕީއެންސީގެ އަބްދުއްރަހީމް ފެކްޝަނާއި އެކު! މަސައްކަތް ކުރަމުންދަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލެވޭތޯ!

ޑިމޮކްރެޓްސް އިން މަސައްކަތް ކުރަމުން ދަނީ ޕީއެންސީގެ އަބްދުއްރަހީމް ފެކްޝަނާއި އެކު ކަމަށް ދިޔަވަރު ނޫހަށް އަބްދުއްރަހީމް ފެކްޝަނުގެ ބޭފުޅަކު ކަށަވަރު ކޮށްދެއްވާފިއެވެ. ބަރުލަމާނީ އަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އަބްދުއްރަހީމް ހުންނެވީ ރައްޔިތުންގެ މަޖިލީސްތެރެއިން ރައީސް ނަޝީދަށް އެެއްބާރުލުން ދެއްވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދު، ރައީސް މުއިއްޒާއިވެސް ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އެދި މަޝްވަރާ ކޮށްފައިވެއެވެ. ނަމަވެސް މިކަމަށް އެންމެ ބޮޑަށް އެދެވޭ ތަރުހީބެއް ލިބުނީ މަޖިލީސް ރައީސް އަބްދުއްރަހީމްގެ ފަރާތުންނެވެ.

އަދި މިކަމާއި ގުޅިގެން ގިނަ މަޝްވަރާތަކެއް ރައީސް ނަޝީދު އާއި މަޖިލީސް ރައީސް އަބްދުއްރަހީމް އާއި ދެމެދު ހިނގާފައިވެއެވެ.

މި މަގުން ކުރާ މަސައްކަތް ސިއްރުން ކުރަމުން ދިޔަ ކަމުގައި ވީނަމަވެސް، މިކަމުގެ ޚަބަރު ރައީސް މުއިއްޒާއި ހަމަ އަށް ވަނީ ގޮސްފައެވެ. ރައީސް މުއިއްޒު އާއި އަދުރޭ އާއި ދެމެދު ޖެހިގެން އުޅޭ މައްސަަލައަކީ ޑިމޮކްރެޓްސްގެ މައްސަލައެވެ. ވެރިކަމުގެ ނިޒާމު ބަދަލު ކޮށް، އެ ނިޒާމުގެ ތެރެއިން ވެރިކަމުގެ ބާރަކަށް އައުމަށް އަބްދުއްރަހީމް ވެސް ހުވަފެން ދެކެއެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ކުރައްވާ މަސައްކަތަކީ ސިޔާސީ ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމެވެ. މަޖިލީސް މެމްބަރުން ބަރުލަމާނީ މަގަށް އެޅުވުމަށް ގާތް ގުޅުންތައް މެމްބަރުންނާއި ބާއްވަމުން ދަނީ އަބްދުއްރަހީމްއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްދެވި ޑިމޮކްރެޓްސް، 11 މަސްވަންދެންވެސް ތިބީ މުއިއްޒު އާއި އެކުއެވެ. ނަމަވެސް އަބްދުއްރަހީމް އާއި އެކު ގުޅުން ބަދަހިކޮށް، ސަރުކާރު ބަލިކަށި ކުރުމަށް އަބްދުއްރަހީމް އާއި އެކު ބަރުލަމާނީ އަށް ފާޅުގައި މަސައްކަތް ފެށީ ރޭގައެވެ. މީގެ 3 މަސް ކުރިން ފުއައްމުލަކުގައި އޮތް ޑިމޮކްރެޓްސްގެ ޖަލްސާގައި އެ ޕާޓީގެ ރައީސް ހަސަން ލަތީފް ވަނީ ރައީސް މުއިއްޒުގެ ސަރުކާރު ދިފާޢު ކުރުމަށް ތައްޔާރަށް ހުރިކަމުގެ ޔަގީން ކަން ދެއްވާފައެވެ.

ރައީސް ނަޝީދު ވަނީ މީގެ ހަފްތާއެއް ކުރިންވެސް ރައީސް މުއިއްޒަށް ތައުރީފް ކުރައްވާ ޓްވީޓް ކުރައްވާފައެވެ.

ރައީސް ސޯލިހުގެ ވެރިކަން ވައްޓާލުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރީ ޑިމޮކްރެޓްސް އެވެ. އެމީހުންނަކީ އެމްޑީޕީތެރޭ ތިބެ ޕާޓީ ރޫޅާލަން ނުކުތް މީހުންނެވެ. އަދިވެސް އެމީހުންގެ މަޤްޞަދު އޮތީ އެމްޑީޕީ ރޫޅާ ލުމަށެވެ. އެމްޑީޕީ މައި އިނދިކޮޅު ޕާޓީގެ ގޮތުގައި އޮވެގެން ޑިމޮކްރެޓްސް އަށް ލިބޭނެ ކުރިއެރުމެއް ނެތެވެ. އަދި ތާޢީދެއްވެސް ނެތެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ފަހު، ރައީސް ނަޝީދުވަނީ އެމްޑީޕީ ނައްތާލާނެ ކަމުގެ ވައުދު ޑިމޮކްރެޓްސްގެ މެމްބަރުންނަށް ވެފައެވެ.