ސްކީލާން ޑޮކިޔުމެންޓްރީ އަށް އެންމެ ގިނައިން މާކްސް ދިނީ ރައީސް އޮފީސްގެ މުއައްޒަފަކަށް އިންނެވި ފަނޑިޔާރު ކަން މީޑިޔާ ކައުންސިލުން އާންމު ކުރި، މާކްސް ޝީޓް ތަކުން ހާމަ ވެއްޖެއެވެ.
ފަނިޑިޔާރުންގެ ތެރެއިން އަޒްމީން މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގައެވެ. އޭނާ ވަނީ %75.6 މާކްސް ޑޮކިޔުމެންޓްރީ އަށް ދެއްވާފައެވެ.
ދެން މާކްސް ދީފައިވާ ފަނޑިޔާރުންގެ ތެރޭގައި އަޝްވާ %66.3 އާއި، ޝަމްއާން %66.5 ހިމެނެއެވެ.
މީގެ ތެރެއިން ޝަމްއާން ޝާކިރު ވަޒީފާ އަދާކުރަނީ އެމްއޭސީއެލްގައެވެ.
ދިޔަވަރަށް މައުލޫމާތު ދެއްވަމުން އަޒްމީންގެ ރައްޓެއްސެއް ހާމަ ކުރެއްވީ އޭނާ މި ޑޮކިޔުމެންޓްރީ އަށް މާކްސް ދިނުމުގެ ކުރިން، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ ޚަލީލުގެ އަރިހުން ކުރިއަށް ގެންދަންވީ ގޮތެއް އޮޅުން ފިލުވާފައިވާ ކަމަށާއި، އޭރު އެކަމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ޚަލީލު ވިދާޅުވި ކަމަށް ވެއެވެ.

މާކްސް ޝީޓް.
ރައީސް އޮފީހުން ފަހުން ލިޔެ ތައްޔާރު ކުރި ބަޔާނެއްގައި ފަނޑިޔާރުން ލައްވައި ސޮއެ ކޮށްފައިވަނީ ބިރު ދައްކައިގެންނެވެ.