އުވާލަން ނިންމާފައިވާ އެމްއައިޓީޑިސީގެ އެމްޑީ، ޓުއަރިޒަމް މިނިސްޓަރ އާއި އެކު ލަންޑަންގައި އޮތް ޓުއަރިޒަމް އިވެންޓެއްގައި އުޅުއްވާތަން ފޮޓޯތަކުން ސޯޝަލް މީޑިޔާގައި އާންމު ވެއްޖެއެވެ.
ލަންޑަނުގައި މިހާރު ހިނގަމުން ދަނީ، ވޯލްޑް ޓްރެވެލް މާކެޓް އެވެ.
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ އުވާލަން ނިންމި ކުންފުނިތަކުގެ ތެރޭގައި އެމްއައިޓީޑިސީ ހިމެނޭ އިރު، ފަތުރުވެރިކަން ކުރިއެރުވަމަށް އެކުންފުނިން އެއްވެސް މަސައްކަތެއް ފާއިތުވި އަހަރު ތެރޭ ކޮށްފައި ނުވެއެވެ.
ޚަރަދު ކުޑަ ކުރުމަށް އުވާލަނީ ކަމަށް ބުނެ ބައިނަލްއަޤްވާމީ ދުނިޔެއަށް މުއިއްޒު ވަނީ ދޮގު ހަދައި އޮޅުވާލާފައެވެ. އަދިވެސް މިއިން އެއްވެސް ކުންފުންޏެއް އުވާލާފައި ނުވެއެވެ. މިކުންފުނި އުވާލާނެކަމަށް ސަރުކާރުން ހާމަ ކޮށްފައި ވަނީ، 03 ސެޕްޓެމްބަރ 2024.
ޝިއުނާ އާއި ޓުއަރިޒަމް މިނިސްޓަރ ފައިސަލް އާއި ގާތް ގުޅުމެއް އޮންނަ ކަމުގެ އަޑުތައް މީގެ ކުރިންވެސް ވަނީ ފެތުރިފައެވެ.