މުޅި ދުނިޔޭގައިވެސް އެންމެ ގިނަ ސިޔާސީ ވަޒީފާ އުފެއްދި ސަރުކާރުގެ ރިކޯޑު ރައީސް މުއިއްޒުގެ ހާސިލް ކުރައްވައިފިއެވެ. ނިސްބަތުންނެއް ނޫނެވެ. މުޅި ދުނިޔޭގައިވެސް ރައީސް މުއިއްޒު ސިޔާސީ ވަޒީފާ ދެއްވާފައިވާ ވަރަށް ސިޔާސީ ވަޒީފާ ދީފައިވާ ވެރިއަކު ނެތެވެ.
އެމެރިކާއަކީ އިޤްތިޞާދީ ގޮތުންނާއި، އާބާދީގެ ގޮތުން ބެލިކަމުގައި ވީނަމަވެސް ބޮޑު ޤައުމެކެވެ. އެމެރިކާގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 4000 ވަރެވެ. ނަމަވެސް ރާއްޖޭގައި 2500 މީހުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި އަދި އިތުރު 3000 މީހުން ސަރުކާރު ކުންފުނިތަކުގައި ތިބުމުން 5500 މީހުން މިވަގުތު ސިޔާސީ މަގާމު ތަކުގައި އެބަތިއްބެވެ.
އިންތިހާބީ މަގާމުތަކުގައި އާއި އެޑްމިން މަގާމުތަކުގައި ގިނަ ބަޔަކު ތިއްބަސް، ރައީސް ނުވަތަ ބޮޑު ވަޒީރު އައްޔަން ކުރާ ސިޔާސީ މަގާމުތައް ރާއްޖެ ވަރަށް ގިނަ ގައުމެއް މިވަގުތު ދުނިޔޭގައި ނެތެވެ. ފްރާންސްގައިވެސް ސިޔާސީ އިސް މަގާމުތަކުގެ އަދަދަކީ 500 އާއި 600 އާއި ދެމެދެވެ.
5500 ސިޔާސީ މަގާމު އޮތް ޤައުމެއް ރާއްޖެ ނޫނީ އާ ނެތެވެ. އަދި ރައީސް މުއިއްޒު އައްޔަން ކުރިހާ އިލްމީ ގޮތުން ނާގާބިލް އަހުލާގީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެކަށީގެން ނުވާ ވަރުގެ މީހުން މަގާމުތަކަށް އައްޔަންކުރި ލީޑަރެއްވެސް ދުނިޔޭގައި ހުރިހެން ހިއެއް ނުވެއެވެ.
މަލްޝާއާއި، ޝިއުނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 2024 ވަނަ އަހަރު އެކަނި 3.8 ބިލިއަން ޑޮލަރުގެ ގެއްލުމެއް ދީފައެވެ.
ސިޔާސީ މީހުންގެ ތެރެއިން ގިނަ ފަރާތްތަކަކީ މުސާރަ ބޮޑު ބައެއް ކަމަށް ވާއިރު، އެމީހުންގެ ފަރާތުން ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެއްވެސް ފައިދާއެއް ނުކުރެއެވެ. އޭގެ ބަދަލުގައި ގިނަ މަގާމުތަކުގައި ތިއްބެވި މީހުންނަކީ ކޮރަޕްޝަން އިންތިހާއަށް ބޮޑު ވުމުގެ ސަބަބުން، އެމީހުންގެ ފަރާތުން ދައުލަތަށް އިތުރަށް ގެއްލުންވަމުންދާ މީހުންނެވެ.
ރައްޔިތުންގެ ޝަކުވާތައް ގިނަވުމުން 228 ސިޔާސީ މީހުން ވަޒީފާއިން ވަކި ކުރަން މުއިއްޒު ނިންމައި، ވަކި ކޮށްފިކަމަށް ބުނެ ރައްޔިތުންނަށް ވަނީ އިތުރުފުޅު ހައްދަވާފައެވެ.