ޚަބަރު

ވެރިކަމަށް އަހަރެއް ފުރެމުން ދާއިރުވެސް ކިޔަމުން ދަނީ އެއް ލަވައެއް, ގެއްލުނުކަމަށް ބުނި ކަނޑު ހޯދަން އަދިވެސް ކުރަމުންދަނީ މަޝްވަރާ ކަމަށް ބުނެ, ވެރިކަމަށް ހޯދުމަށް ހެދިހާ ދޮގުތައް ހާމަވެ, ދަނީ ފަޟީހަތް ވަމުން!

ދިޔަވަރު
ވެރިކަމަށް އަހަރެއް ފުރެމުން ދާއިރުވެސް ކިޔަމުން ދަނީ އެއް ލަވައެއް,  ގެއްލުނުކަމަށް ބުނި ކަނޑު ހޯދަން އަދިވެސް ކުރަމުންދަނީ މަޝްވަރާ ކަމަށް ބުނެ, ވެރިކަމަށް ހޯދުމަށް ހެދިހާ ދޮގުތައް ހާމަވެ, ދަނީ ފަޟީހަތް ވަމުން!

މި ވެރިކަމަށް އަހަރެއް ފުރެމުން ދާއިރުވެސް, މިސަރުކާރުން އަދިވެސް ބުނަމުން ދަނީ, ގެއްލުނުކަމަށް ބުނި ކަނޑު ހޯދަން ކުރެވެމުންދާހާވެސް ކަމަކީ ޗާގޮސްގެ މައްސަލައަށް ބޭރުގެ މާހިރުންގެ ލަފާ ހޯދަމުން ދިއުމެވެ. ފަލާ ހޯދުމުގައި އަހަރެއް ފާއިތުވެގެން ދިޔައީއެވެ.

ޗާގޯސްގެ މިލްކުވެރިކަމާމެދު ރާއްޖެއިން ދައުވާކުރަމުން ދަނިކޮށް އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ކަމަށް, ފާއިތުވެދިޔަ 6 މަހެއްހާ ދުވަހުގެ ތެރޭގައި ބޭއްވި ހުރިހާ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ބަންޑާރަ ނައިބު އުޝާމް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެގޮތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އުޝާމް ވިދާޅުވެފައިވަނީ، މި މައްސަލައަކީ ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ހޯދައިގެން ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށާއި، އަދިވެސް ކުރަމުންދަނީ އެމަސައްކަތް ކަމުގައެވެ.

އެހެންނަމަވެސް, ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން އުޅޭ ސީރިއަސް މައްސަލައެއްގައި, އަހަރު ވެގެންދާއިރުވެސް, ބޭރުގެ މާހިރުންގެ ލަފާ ހޯދުން ނިމުމަކަށް އައިސްނުވާ ސަބަބު މި ސަރުކާރުން ސާފުކޮށްދެމުންނެއް ނުދެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލާފައިވާކަމަށް ވިދާޅުވެސް, ވެރިކަމަށް ވަޑައިގެންނެވުމާއެކު ގެއްލު ހޯދާދޭނެކަމަށް ރައްޔިތުންނަށް ދޮގު ވައުދުވެގެންނެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް, ގެއްލުނުކަމަށް ބުނި ކަނޑުގެ ވާހަކައެއް މުއިއްޒު ނުދައްކަވައެވެ. އަދި ބަންޑާރަ ނައިބު ބާއްވާ ކޮންމެ ޕްރެސް ކޮންފަރެންސެއަގައިވެސް ވިދާޅުވަމުން ގެންދަވަނީ ކަނޑު ހޯދުމާ ގުޅޭގޮތުން ބޭރުގެ މާހިރުންގެ ލަފާ ހޯދަމުންދާ ކަމުގައެވެ.

ގެއްލުނު ކަނޑުގެ ވާހަކައެއް މިއަދު މިސަރުކާރުން ނުދައްކާއިރު, ހަށިފޮޅާލުމަށްފަހު އޭރު އެވާހަކަ ދައްކަވަމުން ގެންދެވި އާޒިމާއާއި ޑރ. މުނައްވަރުވެސް މިއަދު ގެއްލިއްޖެއެވެ. އެމީހުން ދޫތައް ބަންދު ވެއްޖެއެވެ. ލޯތައް ކަނު ވެއްޖެއެވެ.

ސާފުވާން އޮތީ އެންމެ ހަގީގަތެކެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ހައްދަވާފައިވަނީ ރޯ ބުހުތާނު ދޮގުތައް ކަމެވެ. ވެރިކަމަށް ވަޑައިގެންނެވީ މަކަރާއި ހީލަތުންނެވެ. ހެއްދެވީ ހުސް ”ރޯ ބުހުތާނު“ ދޮގެވެ.