ޚަބަރު

ގޭންގުތަކުގެ އެހީއާއި އެކު އައި ވެރިކަމުގައި، ނުރައްކާތެރި ކުށްތައް އިތުރުވެ، މުޅި މާލެ ކުށުގެ ވެއްޓަކަށް

ދިޔަވަރު
ގޭންގުތަކުގެ އެހީއާއި އެކު އައި ވެރިކަމުގައި، ނުރައްކާތެރި ކުށްތައް އިތުރުވެ، މުޅި މާލެ ކުށުގެ ވެއްޓަކަށް

ގޭންގުތަކުގެ އެހީއާއި އެކު އައި ވެރިކަމުގައި، ނުރައްކާތެރި ކުށްތައް އިތުރުވެ، މުޅި މާލެ ކުށުގެ ވެއްޓަކަށް ބަދަލުވަމުންދާ މިންވަރު ދަނީ ފެންނަމުންނެވެ.

ރޭގައި ސޯޝަލް މީޑިޔާގައި ދައުރު ވަމުންދިޔަ މައުލޫމާތު ތަކަށް ބަލާއިރު، އާންމުންނަށްވެސް ކުށް ކުރާ މީހުންނާއި، އެމީހުންނާއި ގުޅުންހުރި ނެޓްވޯކްތަކާއި، އެމީހުން ވިޔަފާރި ކުރާ ޗެނަލްތައް ސާފުކޮށް އެނގެއެވެ. އެހެންކަމުން މި މައުލޫމާތަކީ ކަމާއި ބެހޭ އިދާރާތަކަށް ވަންހަނާ ވެގެންވާނެ މައުލޫމާތު ތަކެއް ނޫނެވެ. ނަމަވެސް މި ސަރުކާރުން ރާއްޖޭގެ ވެށި ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުޒުރުވެރިވެ، ސަރުކާރުގެ އިސްވެރިން ފެންނަމުންދަނީ މިފަދަ ކުށުގެ ވެށިން ފެންނަ ފަރާތްތަކާއި ގާތް ގުޅުންތަކެއް އޮންނަ މަންޒަރެވެ.

ރޭ ހިޔާ ފްލެޓް އެޗް9 ގެ 20 ވަނަ ފްލޯގައި ހުރި އެޕާޓްމަންޓެއްގައި 12 މީހުންގެ ގްރޫޕަކުން މީހަކު ރަހީނުކޮށް، އޭނާގެ ބޯ ބޭލުމަށްފަހު އިނގިލި ބުރިކުރަން އުޅެނިކޮށް ފުލުހުން އެތަނަށް ވަދެ، އެ 12 މީހުން ހައްޔަރު ކުރިކުރުމުން ހާމަވެގެން ނުރައްކާތެރި ކުށް ހިނގާ މިންވަރެވެ.

ނުރައްކާތެރި އެކްސިޑެންޓް ހިނގައި މީހުންގެ ފުރާނައަށްވެސް ދަނީ ނުރައްކާވަމުންނެވެ. އެކަމާއި ގުޅިގެން ރައީސް މުއިއްޒު ޓުވީޓްކުރައްވައި އަޅާނެ ކަމަށް ބުނި ފިޔަވަޅުތައް އެޅުމަށް އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށްފައި ނުވަނީ ކުށްވެރިންނަށް ހިތްވަރު ދިނުމަށްތޯއެވެ؟

ގޮތް ނޭނގޭ މަރުުތައް އަނެއްކާވެސް ގިނަވާން ފެށުމަކީ އިތުރު ކަންބޮޑުވުން އޮތްކަމެކެވެ.

ސަރުކާރުން މިއިން އެއްވެސް މައްސަލައަކަށް ހައްލު ހޯދާނެކަމަށް ބުނުމުގެ އިތުރުން ކުރާއެއްވެސް ކަމެއް ނެތެވެ.

"ގޭންގްތައް ހުއްޓުވުމަށް އެންމެ ހަރުކަށި ފިޔަަޅުތައް އަޅާނަން" ކަމަށް ހޯމް މިނިސްޓަރ އިހްސާން ރޭގައި ވިދާޅުވު ވުމުން، އެމަނިކުފާނަށް ވަނީ އެކަމާއި ގުޅިގެން ގިނަ ފާޑު ކިޔުންތަކެއް ސޯޝަލް މީޑިޔާގައި އަމާޒުވެފައެވެ. "އަޅަނީ، ހަމަ އަޅަނީ" ކަމަށާއި ދުވަހަކުވެސް އަޅާ ތަނެއް ނުފެންނަ ކަމަށް ބުނެ ތަފާތު ގިނަ ޝަކުވާތައް ދަނީ އޮހެމުންނެވެ.