ޚަބަރު

ރައީސް މުއިއްޒު ތަޢުބާވެ، މާފަށް އެދުމުގެ ބަދަލުގައި، ބޮޑީބިލްޑިންގ އެސޯސިއޭޝަނަށް އެހީއާއި، ސްޕޮންސަރ ކަނޑާލާނެކަމުގެ ބިރުދައްކައިގެން، އެމީހުންލައްވައި މާފަށް އެދެފި! މިކަން ކޮށްފައިވަނީ، މަކަރުވެރިކަމާއި އެކު މުއިއްޒުގެ ބޮލުން މިކަން ނެއްޓޭނެކަމަށް!

ދިޔަވަރު
ރައީސް މުއިއްޒު ތަޢުބާވެ، މާފަށް އެދުމުގެ ބަދަލުގައި، ބޮޑީބިލްޑިންގ އެސޯސިއޭޝަނަށް އެހީއާއި، ސްޕޮންސަރ ކަނޑާލާނެކަމުގެ ބިރުދައްކައިގެން، އެމީހުންލައްވައި މާފަށް އެދެފި! މިކަން ކޮށްފައިވަނީ، މަކަރުވެރިކަމާއި އެކު މުއިއްޒުގެ ބޮލުން މިކަން ނެއްޓޭނެކަމަށް!

ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޒާމުކޮށްގެން ރާއްޖޭގައި ބަރަހަނާ ބޮޑީބިލްޑިންގ މުބާރާތެއް ބޭއްވުމަށްފަހު، އާންމުގެ ޝަކުވާ އާއި ނުރުހުން މުއިއްޒަށް އަމާޒުވުމުން، ފާފައަށް ތައުބާވުމުގެ ބަދަލުގައި، އަދީ އާންމުކޮށް މިފަދަ މުންކަރާތެއް އިސްލާމީ މުޖުތަމަޢުއެއްގައި ފެތުރުމުގައި މުއިއްޒު ވަލީއުލްއަމުރުގެ ހައިސިއްޔަތުން އުފުލަން ޖެހޭ ޒިންމާ ނުނަގައި، ރައްޔިތުންގެ ކިބައިން މާފަށް ނޭދި، ބޮޑީބިލްޑިންގ އެސޯސިއޭޝަނަށް ލައްވާ، މާފަށް އެދެފިއެވެ.

މިކަން ކޮށްފައިވަނީ، މިއީ އެހެން ބަޔަކު ކުރިކަމަށް ހަދައި، މުއިއްޒުގެ ބޮލުން މިކަން ނެއްޓުވުމަށެވެ. ބޮޑީބިލްޑިންގ އެސޯސިއޭޝަނަށް ދައުލަތުން ދޭ އެހީއާއި، ސްޕޮންސަރޝިޕް ކަނޑާލާނެ ކަމުގެ ބިރުވެސް ރައީސް މުއިއްޒު ވަނީ އޭނާގެ ފާރާތުން ސަރުކާރުގެ އެކި ފަރާތްތައްލައްވާ ދައްކާފައެވެ. އެމީހުން ލައްވާ ބަޔާނެއް ނެރުނީ ބިރު ދައްކައިގެންނެވެ.

މިއީ ރައީސް މުއިއްޒުގެ އޮޅުވާލުމާއި، ދޮގާއި މަކަރުވެރިކަން ހުންނަ މިންވަރެވެ. އެއް ދޮގުން ސަލާމަތް ނުވެވިގެން މުޅި ޤައުމުގެ ތިބިއްޔާ ތިބި ބައެއްލައްވާވެސް މިހާރު މިދަނީ ދޮގު ހަދުވައި ކަންކަން އޮޅުވާލަމުންނެވެ.

ބޮޑީބިލްޑިންގ މުބާރާތް ބޭއްވުމުގައި އެކަން ކުރުމަށް މުއިއްޒުގެ ސަރުކާރުން ވަކި އުސޫލުތަކެއް ހަމަޖައްސާފައި ނުވެއެވެ. އެކަން ދުނިޔޭގެ އެހެން ތަންތާގައިވެސް ކުރާ އުސޫލުން ކުރުމަށް އެކަން އެންޑޯސް ކޮށްފައިވަނީ ރައީސް މުއިއްޒުގެ ސްޕޯޓްސް މިނިސްޓަރ ސޮއެކޮށް ލިޔެފައިވާ ލިޔުމަކުންނެވެ. މިހާ ހިސާބުން ނިމުނީކީއެއް ނޫނެވެ. މުޅި މުބާރާތުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ސްޕޯޓްސް މިނިސްޓްރީއިންނެވެ. އެކަންކަމުގައި އެތަނަށް ގޮސް އުޅުނީވެސް މި ސަރުކާރުގެ ފަރާތްތަކެވެ. އަދި ޖަލްސާގައި ވާހަކަ ދެއްކީ މުއިއްޒުގެ ކެބިނެޓުގެ ސްޕޯޓްސް މިނިސްޓަރެވެ. ނަމަވެސް މުއިއްޒު މަސައްކަތް ކުރަނީ މިވަރަށް ރައްޔިތުންނަށް ފެންނަން ހުންނަ ކަންކަންވެސް އޮޅުވާލުމަށެވެ. ދޮގު ހަދައިގެންނެވެ. އަދި އެހެން ފަރާތްތައް ލައްވައި ދޮގު ބަޔާން ނެރުވައިގެންނެވެ.