ޚަބަރު

ސިފައިންނާއި ފުލުހުން ނާޖާއިޒު ފައިދާ ނަގާއި ކޮސްމެޓިކް ޕްރޮސީޖަރ ތަކަށް ޚަރަދު ކުރާކަމަށް ބުނެ، މިހާރު އޮތް މެޑިކަލް ސްކީމް އުވާލައި އެކަން ރައީސް މުއިއްޒު ބަޖެޓުގައި ހިމަނައިފި

ދިޔަވަރު
ސިފައިންނާއި ފުލުހުން ނާޖާއިޒު ފައިދާ ނަގާއި ކޮސްމެޓިކް ޕްރޮސީޖަރ ތަކަށް ޚަރަދު ކުރާކަމަށް ބުނެ، މިހާރު އޮތް މެޑިކަލް ސްކީމް އުވާލައި އެކަން ރައީސް މުއިއްޒު ބަޖެޓުގައި ހިމަނައިފި

ސިފައިންނާއި ފުލުހުން ނާޖާއިޒު ފައިދާ ނަގާކަމަށް ބުނެ، މިހާރު އޮތް މެޑިކަލް ސްކީމް އުވާލަން ނިންމައި އެކަން ރައީސް މުއިއްޒު ބަޖެޓުގައި ހިމަނައިފިއެވެ. މީގެ ބަދަލުގައި، ޕްރައިވެޓް އިންޝުއަރެންސް ސްކީމަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފައިވެއެވެ.

އެހެންކަމުން ސިފައިންނާއި ފުލުހުންގެ އަތުން ބޮޑު އަދެދެއް ހަރަދު ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު އެކުލަވާލާފައިވާ ޤަވާއިދުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް ނަގާ ފަރާތްތަކަށް އާސަންދައެއް ނުލިބެއެވެ. އަދި އަމިއްލަ އަތުން ބޮޑު އަދަދެއް ޚަރަދު ކުރަން ޖެހެއެވެ.

މި ބަދަލު ގެނައުމަށް ނިންމި ކަމަށް ބަޔާންކޮށްފައިވަނީ 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފޮތުގައެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިހާރުގެ ސްކީމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ފުލުހުންނާއި ސިފައިނާއި މެދު މިފަދަ ދޮގު ތުހުމަތެއް ކޮށް، އެކަން ބަޖެޓް ފޮތުގައި ލިޔަ ދެމުން އައި އިންޝުއަރެންސް ކަނޑާލާއިރު، ސަރުކާރު މާލީ ގޮތުން ނުކުޅެދިފައިވަނީ، ބޭރުގެ ޤައުމުތަކާއި ޖެހިގަނެގެން ވެރިކަމަށް އައިސް، ބޭރުން ބަޖެޓަށް ކޮންމެ އަހަރަކުވެސް ލިބެމުން އައި، އެހީ ނުލިބެން ފެށުމުންނެވެ.

ކޮންމެހެން ބޭނުންނުވާ ކޮސްމެޓިކް ޕްރޮސީޖަރތަކަށް ސްކީމް ބޭނުންކުރުން ހިމެނޭ ކަމަށް 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފޮތުގައި ފުލުހުންނާއި ސިފައިންގެ އިއްޒަތާއި ޤަދަރަށް އުނިކަން އަންނަ ހެން ހިމަނާފައިވެއެވެ.

އަދި ސިފައިންނާއި، ފުލުހުންގެ، "މިފަދަ ކަންކަމުގެ ސަބަބުން އިސްރާފު އިތުރުވެ، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަށް ދަތިވެ، އިޖުތިމާއީ ރައްކާތެރިކަން ޤާއިމުކުރުމުގެ މަޤްޞަދުތަކާ ފުށުއަރައެވެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން މި ބަދަލުތައް ތަންފީޒުކުރަން ފެށޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.