ޑިމޮކްރެޓްސްގެ 30 މީހާކު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިބިކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މީގެ ތެރޭގައި ގިނަ މީހުންނަކީ ވަގުތީ ގޮތުން ޑިމޮކްރެޓްސް އިން ކެނޑިގެން ޕީއެންސީ އަށް ފޯމު ފުރައިގެން ވަޒީފާގައި ތިބި ޑިމޮކްރެޓްސްގެ ފަރާތްތަކެވެ.
މި މީހުން ވަގުތީގޮތުން ޕާޓީ ދޫކޮށްލުމުގައި ރައީސް ނަޝީދުގެ ލަފައަށް އަހާފައިވާ ކަމަށާއި، އަދި އެގޮތަށް ޑިމޮކްރެޓްސް އަށް ކުރިއަށް ދިޔުމަށް އިރުޝާދު ދެއްވާފައިވަނީ ރައީސް ނަޝީދު ކަމަށް މިހާރުވެސް ސަރުކާރުގައި ހުރި ޑިމޮކްރެޓްސް އަށް ތާޢީދު ކުރާ ފަރާތަކުން ދިޔަވަރަށް މައުލޫމާތު ދިނެވެ.
މިސަރުކާރު ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ ޑިމޮކްރެޓްސް އިންނެވެ. އެމްޑީޕީއަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޑިމޮކްރެޓްސްގެ ސަބަބުންނެވެ. އެމްޑީޕީއާއި މެދު ތަފާތު ދޮގުތައް އުފައްދާފައިވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ފަރާތްތަކުންނެވެ. މި ގޮތުން ހިނގާފައިވާ ވެންޓިލޭޓަރުގެ ހާދިސާ ބޮޑުކޮށް ކޮރަޕްޝަނުގެ މައްސަލައަކަށް ހަދައި، އެ ދޮގު މަޖިލީހުގައި ތަކުރާރުކޮށް، ގަސްތުގައި ރާވައިގެން އެމްޑީޕީއަށް ގެއްލުން ދިނުމަށް އެވާހަކަ ދެއްކީ ރައީސް ނަޝީދު އާއި، މިއަދު ޑިމޮކްރެޓްސްގެ އިސްކޮށް ތިބި ފަރާތްތަކުންނެވެ.
މީގެ އިތުރުން، ޕީއެންސީ އިން ފަތުރަމުން ދިޔަ ދޮގުތަކުގައި ހިފައި، ރާއްޖެއަށާއި، އެމްޑީޕީއަށް ފޫ ނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް އެމީހުން ދީފައިވެއެވެ. އެމްޑީޕީ ކުރިއަރައިގެން ދާހާ ދުވަހަކު ޑިމޮކްރެޓްސް އެއް ކުރިއަކަށް ނުދާނެއެވެ. އެހެން ކަމުން ކުރިއަށް އޮތްތާގައިވެސް އެމްޑީޕީ ރޫޅާލައި، ހަލާކު ކޮށްލުމަށް ޑިމޮކްރެޓްސްއިން މަސައްކަތް ކުރާނެކަމާއި މެދު ޝައްކެއް ނެތެވެ.
5500 އަށް ވުރެ ގިނަ ސިޔާސީ މަގާމު މުއިއްޒު ދީފައިވާއިރު، އޭގެ ތެރޭގައި ޤާސިމް އިބްރާހިމް އާއި، ރައީސް ނަޝީދާއި، އެމްޑީއޭ ސިޔާމް ބޭނުންފުޅުވާ ފަރާތްތަކަށްވެސް ވަޒީފައި ދީފައިވެއެވެ. މި ގިނަ ސިޔާސީ ވަޒީފާތަކުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިވެ، ސިޔާސީ ގިނަ ފަރާތްތަކުގެ ކޮރަޕްޝަންގެ ސަބަބުން ބަޖެޓަށް އޭގެ އަސަރު އިންތިހާއަށް ކޮށް ފައިވެއެވެ.
ޕީއެންސީ އާއި ވަގުތީ ގޮތުން ގުޅިފައިވާ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ފަރާތްތަކަކީ ޑިމޮކްރެޓްސްގެ ލިބަރަލް ވިސްނުމުގެ މީހުންނެވެ. މުއިއްޒުގެ ކޮންޒަވޭޓިވް ފިކުރެއް އެއިން އެއްވެސް ފަރާތަކުން ޤަބޫލެއްވެސް ނުކުރެއެވެ.