ޚަބަރު

ދިމްޔާތުގެ ރޫމް ރޭޓް މައްޗަށް ޖެއްސުމުގެ ބޭނުމުގައި، ލ. އަތޮޅުގައި އަޅަން އުޅުނު ކެންސަރު ހޮސްޕިޓަލް ދިމްޔާތު ކައިރިއަށް ބަދަލުކޮށްފި

ދިޔަވަރު
ދިމްޔާތުގެ ރޫމް ރޭޓް މައްޗަށް ޖެއްސުމުގެ ބޭނުމުގައި، ލ. އަތޮޅުގައި އަޅަން އުޅުނު ކެންސަރު ހޮސްޕިޓަލް ދިމްޔާތު ކައިރިއަށް ބަދަލުކޮށްފި

ދިމްޔާތުގެ ރޫމް ރޭޓް މައްޗަށް ޖެއްސުމުގެ ބޭނުމުގައި، ލ. އަތޮޅުގައި އަޅަން އުޅުނު ކެންސަރު ހޮސްޕިޓަލް ދިމްޔާތު ކައިރިއަށް ބަދަލުކޮށްފިއެވެ.

އިބޫ ސޯލިހު ކެންސަރު ހޮސްޕިޓަލް އެޅުމަށް ލ. އަތޮޅު ހޮވީ ބަލިމީހުންނަށް ފަރުވާ ހޯދުމަށް އެކަށީގެންވާ، ހިތްގައިމު އަދި ގަސްގަހާގެހި ގިނަ ހިތްގައިމު މާހައުލެއް ހޯދައިދިނުމަށެވެ. މި ފަދަ މާހައުލަކީ ބަލިން ފަސޭހަވުމަށް ލިބޭ ހިތްވަރަކަށް ވެފައި، ބޭރުގެ ޤައުމުތަކުން މި ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް މީހުންގެ ގެނައުމަކީ ކުރީ ސަރުކާރުގެ އަމާޒެކެވެ. އަދި ހުރިހާ ޑޮކްޓަރުންވެސް މިކަމަށް ތާއީދުކޮށްފައިވެއެވެ.

އެހެންނަމަވެސް މުއިއްޒު މިހާރު މިވަނީ ހޮސްޕިޓަލް މާލެއަށް، ދިމްޔާތު ކައިރިއަށް ބަދަލުކޮށްފައެވެ. މިއީ މާލޭގެ ކުލި އިތުރަށް މައްޗަށް ޖެއްސުމަށް މުއިއްޒު ކޮށްފައިވާ ކަމެކެވެ. މުއިއްޒު ރަށްތަކުގެ މީހުންނަކީ ދަށް ބަޔަކު ކަމަށް ގަބޫލު ކޮށް، މަސްވެރިންނަށް ތަކުރާރުކޮށް ފައިސާ ނުދީ ހިފަހައްޓާމީހެކެވެ.

މިވަގުތު ދިމްޔާތުން ކޮޓަރިއެއް ކުއްޔަށް ދެނީ 90 ޑޮލަރެށެވެ. މި ބަދަލާއި އެކު 160 ނުވަތަ 200 ޑޮލަރަށް މި ރޭޓު މުއިއްޒަށް ބަދަލު ކޮށްލެވޭނެއެވެ.

މި ހޮސްޕިޓަލް ނިމުމުން އެ ސަރަހައްދުގެ ކުލިތައް އިތުރަށް މައްޗަށް ދާނެއެވެ. އަދި ދިމްޔާތަށް ލިބޭ ފައިދާ އިންތިހާއަށް ބޮޑުވާނެއެވެ. މުއިއްޒު ރައީސްކަމުން ވަކިވުމަށްފަހު މީގެ ވަރަށް ބޮޑު ފައިދާއެއް އޭނާ އަށް ކުރާނެއެވެ.