ޚަބަރު

އެމްޑީޕީގެ "ފުދިއްޖެ - ފުނޑިއްޖެ"ބޮޑު ޖަލްސާއިން ބޮޑު މަންޒަރު ދައްކާލައިފި, "ގަރުދިޔަ ޖަގަހައިގެ" ޖަލްސާތަކަށް ރައްޔިތުންގެ ޝައުގުވެރިކަން ނެތްކަން ސާފުވެއްޖެ!

ދިޔަވަރު
އެމްޑީޕީގެ "ފުދިއްޖެ - ފުނޑިއްޖެ"ބޮޑު ޖަލްސާއިން ބޮޑު މަންޒަރު ދައްކާލައިފި, "ގަރުދިޔަ ޖަގަހައިގެ" ޖަލްސާތަކަށް ރައްޔިތުންގެ ޝައުގުވެރިކަން ނެތްކަން ސާފުވެއްޖެ!

"ފުދިއްޖެ - ފުނޑިއްޖެ"ގެ ނަމުގައި އިދިކޮޅު އެމްޑީޕީން މިރޭ ބާއްވަމުން ގެންދާ ބޮޑު ޖަލްސާއިން މިސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ސާފުވެގެން ހިގައެއްޖެއެވެ.

އެމްޑީޕީން މިރޭ އާރޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާއަކީ އެމްޑީޕީން ބޮޑު ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވަނިކޮށް އެޕާޓީން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާއެވެ. އަދި މި ޖަލްސާ ބާއްވާކަން އެޕާޓީން އިއުލާން ކޮށްފައިވާ ޖަލްސާ ބޭއްވުމަށް އެންމެ ދުވުވަހުގެ މުއްދަތެއް ކުރިޔަށް އޮއްވައެވެ.

އެހެންނަމަވެސް ރައީސް ސާލިހުވެސް ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ދަނީ ބައިވެރިވަމުންނެވެ. އަދި މި ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްވެސް ބައިވެރިވަމުންދާއިރު, މިޖަލްސާގައި ކުރީގެ ރައީސް ސާލިހުވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.

ރައީސް ސާލިހުގެ ވާހަކަ ފުޅުގައި ވިދާޅުވީ, ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ޚުދުމުޚްތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި މުއިއްޒު ގެންދަވަނީ މިނިވަން މުވައްސަސާތައް ފުނޑުފުނޑުކޮށް, ވެރިކަމުގެ ބާރުތައް މުށުތެރެއަށް ޖަމާކުރައްވަމުން ކަމުގައެވެ.

މިޖަލްސާގައި އެމްޑީޕީގެ ރައީސް އަބުދުالله ޝާހިދުއާއި, އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އެމްޑީޕީގެ ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވަމުންދާއިރު, ވެރިކަންކުރާ ޕީއެންސީގެ ގަރުދިޔަ ޖަގަހާގައި ބާއްވާ ޖަލްސަތަކަށް ހާޒިރުވާ މީހުންގެ އަދަދު މިރޭ އެމްޑީޕީން ބާއްވާ ޖަލްސާއާއި އަޅާބަލާއިރު ބޮޑުތަނުން މަދުކަން ފާހަގަ ކޮށްލެވެއެވެ. އަދި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކަށްވެސް މީހުން ހާޒިރުވާ މިންވަރު މަދުކަން ފާހަގަ ކުރެވޭއިރު, އެމްޑީޕީގެ ބޮޑު ޖަލްސާގެ ހާޒިރީން މިރޭ ސާފުވެގެން ދިޔައީ, މުއިއްޒު ހަދަމުންދާ ދޮގުތަކާއި, މިސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ނަފްރަތާއި ރުޅިވެރިކަން ކަމުގައި ގިނަބަޔަކު ފާހަގަ ކުރެއެވެ.