ޚަބަރު

‏އެމްއެމްއޭއިން ޔޫޒަބަލް ރިޒާވްގެ ފޯމިއުލާ ބަދަލުކޮށް، ފާޑުކިޔުން އަމާޒުވުމުން ދަންވަރު ބަޔާނެއް ނެރެފި. ބޭނުމަކީ ލެވުނު އެއްޗެއް ލާފަވެސް ޔޫޒަބަލް ރިޒާވް ބޮޑުކަމަށް ދެއްކުން!

ދިޔަވަރު
‏އެމްއެމްއޭއިން ޔޫޒަބަލް ރިޒާވްގެ ފޯމިއުލާ ބަދަލުކޮށް، ފާޑުކިޔުން އަމާޒުވުމުން ދަންވަރު ބަޔާނެއް ނެރެފި. ބޭނުމަކީ ލެވުނު އެއްޗެއް ލާފަވެސް ޔޫޒަބަލް ރިޒާވް ބޮޑުކަމަށް ދެއްކުން!

‏އެމްއެމްއޭ 1981 ގައި އުފެދުނީއްސުރެންވެސް ޔޫޒަބަލް ރިޒާވް ހިސާބު ކުރަމުން އަންނަނީ ލިކުއިޑިޓީއާއި، ކޮންވާޓަބިލިޓީގެ މަފުހޫމަށް ބިނާކޮށެވެ. އަދި 2013 ވަނަ އަހަރު އައިއެމްއެފްއިން ރިޒާވް ޓެމްޕްލޭޓެއް ތައާރަފުކުރުމުން، ރާއްޖެއިންވެސް އަމަލުކުރަމުން އަންނަނީ އެ ޓެމްޕްލޭޓަށެވެ. ޓެމްޕްލޭޓްގެ 1 ވަނަ ކޮލަމަކީ އޮފިޝަލް ރިޒާވްއެވެ. އަދި 14 ވަނަ ކޮލަމަކީ ޕްރީ ޑިޓާމައިންޑް ޝޯޓް ޓާމް ނެޓް ޑްރެއިންނެވެ. ޔޫޒަބަލް ރިޒާވް އަބަދުވެސް ހިސާބުކުރަނީ މި ދެ ކޮލަމް އެއްކޮށްލައިގެންނެވެ. މިއީ ސެޕްޓެންބަރު މަހާއި ހަމައަށްވެސް އަމަލުކުރަމުން އައި އުސޫލެވެ. މިއީ އިންޓަނޭޝަނަލް ސްޓޭންޑަޑްވެސްމެއެވެ. އެކަމަކު އެމްއެމްއޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް 12 ނޮވެންބަރު 2024 ގައި މިވަނީ ޔޫޒަބަލް ރިޒާވް ހިސާބުކުރުމަށް 10 ވަނަ ކޮލަމް ކަމަށްވާ "އަދާ ފޮރިން ކަރަންސީ އެސެޓްސް" އިތުރުކޮށްފައެވެ. މިއާއެކު ޔޫޒަބަލް ރިޒާވް ބޮޑުކަމަށް ދައްކައެވެ. އިއްޔެ އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބު ތިރީގައި މިވަނީއެވެ.

‏އޮފިޝަލް ރިޒާވް 614.6 މިލިއަން ޑޮލަރު

‏ޕްރީ ޑިޓާމައިންޑް ޝޯޓް ޓާމް ނެޓް ޑްރެއިން (މައިނަސް 705.7 މިލިއަން ޑޮލަރު)

‏މި ދެ އަދަދު އެއްކުރުމުން ޔޫޒަބަލް ރިޒާވަކީ މައިނަސް 91.05 މިނިއަން ޑޮލަރެވެ. މިއީ ވޭތުވެދިޔަ 11 އަހަރުވެސް ޔޫޒަބަލް ރިޒާވް ހިސާބުކުރި ގޮތެވެ.

‏އެކަމަކު ރޭގަ އެމްއެމްއޭއިން ތަފާސް ހިސާބު އާންމުކުރިއިރު ވަނީ ފުޓް ނޯޓު ބަދަލުކޮށް، ކޮލަމް 14 "އަދާ ފޮރިން ކަރަންސީ އެސެޓްސް"ވެސް އިތުރުކުރާ ގޮތަށް ހަދާފައެވެ. މި އަދަދު ހުރީ 120.2 މިލިއަން ޑޮލަރުގައި ކަމަށް ވުމުން ޔޫޒަބަލް ރިޒާވް މައިނަސް 91.05 ގެ ބަދަލުގައި މިހާރު ޔޫޒަބަލް ރިޒާވްކަމަށް ދައްކަނީ 31.51 މިލިއަން ޑޮލަރުރެވެ.

‏މިކަން ސޯޝަލް މީޑިޔާގައި ތިލަވުމާއެކު، ދަންވަރު އޮފީސް ހުޅުވައިގެން އެމްއެމްއޭއިން ބެކްޑޭޓުކޮށް ނެރުނީ ބަޔާނެކެވެ. އޭގައި ކަމާއި ނުގުޅޭ އެތައް ވާހަކަތަކެއް ދެއްކުމަށްފަހު ނިންމާލަމުން ލިޔެފައިވަނީ މިހެންނެވެ.

‏[ޔޫސަބަލް ރިޒާވްގެ ޕްރޮކްސީއެއްގެ ގޮތުގައި "އޮފިޝަލް ރިޒާވް އެސެޓްސް" (ކޮލަމް 1) އާއި "ޕްރީޑިޓާމިންޑް ޝޯޓް ޓާމް ނެޓް ޑްރެއިންސް" (ކޮލަމް 14) އެއްކޮށްގެން އަންނަ އަދަދު ބަލަމުން ދިޔަ ނަމަވެސް، މި ބަދަލާއެކު ޔޫޒަބަލް ރިޒާވްގެ ޕްރޮކްސީ ހިސާބުކުރާނީ "އޮފިޝަލް ރިޒާވް އެސެޓްސް" (ކޮލަމް 1) އާއި "އަދަރ ފޮރިން ކަރަންސީ އެސެޓްސް" (ކޮލަމް 10) އަދި "ޕްރީޑިޓާމިންޑް ޝޯޓް ޓާމް ނެޓް ޑްރެއިންސް" (ކޮލަމް 14) ހިމަނައިގެންނެވެ.]

‏ހުއްޖަތަކަށް ދެއްކީ އިންޑިޔާއިން ދިން 400 މިލިއަން ޑޮލަރެވެ. އެކަމަކު މިއީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. ޔޫޒަބަލް ރިޒާވް ހިސާބުކުރާގޮތް އެމްއެމްއޭ ހިތަށް އަރާހާގޮތަކަށް ހިތުހުރިގޮތަކަށް ބަދަލެއް ނުކުރެވޭނެއެވެ. ރާއްޖެއަކީ އައިއެމްއެފްގެ މެންބަރު ގައުމަކަށް ވީހިދު ރާއްޖެއިން އަމަލުކުރަން ޖެހޭނީ އައިއެމްއެފްގެ ގައިޑްލައިނަށެވެ. ދުވާލަކު އެއްފަހަރު ޔޫޒަބަލް ރިޒާވްގެ ފޯމިއުލާ ބަދަލުކުރާނަމަ އެއީ އިތުބާރު ކުރެވޭ އަދަދަކަށް ނުވާނެއެވެ. ކޮންސިސްޓެންސީއަކީ ހިސާބު އަދަދުތައް ރިޕޯޓުކުރާއިރު، އަދި ކޮމްޕެއާކުރާއިރު އެންމެ މުހިއްމު އެއްކަމެވެ. ކޮންސިސްޓަންސީ ނެތިއްޖެއްޔާ އެއީ އެއްވެސް ވަރަކަށް އިތުބާރުކުރެވޭ އަދަދެއް ނޫނެވެ.

‏ރާއްޖޭގެ ތާރީހުގައިވެސް އެމްއެމްއޭއަށް ނުފޫޒު ނުވަންނަ މިންވަރަށް މިހާރު އެމްއެމްއޭއަށް މިވަނީ ނުފޫޒު ވަދެފައެވެ. މިއީ ބިރުވެރިކަމެކެވެ. މިކަމުގެ ސަބަބުން މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރަށް އަސަރުކުރާނެއެވެ. އިތުބާރު ދަށްވީމަ ކްރެޑިޓް ރޭޓިން ދަށްވާނެއެވެ. ކްރެޓިޑް ރޭޓިން ދަށްވީމަ ރާއްޖޭގެ ސަރުކާރުންނާ، ވިޔަފާރިތަކުންނާ ބޭންކުތަކުން ރާއްޖެއިން ބޭރުން ނަގާ ލޯނުތަކަށް ދައްކަން ޖެހޭ އިންޓްރަސްޓް ރޭޓް މަތިވާނެއެވެ. އާހިރުގައި މިކަމުގެ ގެއްލުން ލިބޭނީ ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުމީހާއަށެވެ.

އާންމުންގެ ބައެއް ފަރާތްތަކުން ވަނީ މި ގެނައި ބަދަލާއި މެދު ސުވާލު އުފައްދާފައެވެ.

https://twitter.com/ahmedmdv/status/1856579819796082924?

މިކަމުގެ ސަބަބުން ބޭރުގެ ޤައުމުތަކާއި، ދުނިޔޭގެ ހުރިހާ މާލީ އިދާރާއެއްގެ ކުރިމަތީ ރާއްޖޭގެ އަގު އިންތިހާއަށް ވެއްޓި، ރާއްޖޭގެ މާލީ ނިޒާމަށް ކުރާ އިތުބާރު ގެއްލި އިތުރަށް ޤައުމަށް ފައިސާ ހޯދުމުގައި ދަތިވެގެން ދާނެއެވެ.