ބޭރު ފައިސާގެ މުއާމަލާތްތަކާ ގުޅޭ އެމްއެމްއޭގެ އާ ގަވައިދަކީ ޓޫރިޒަމް ދާއިރާއަށް ގެއްލުންތަކެއް ލިބޭނެ، ތަންފީޒުކުރަން އުނދަގޫ ގަވައިދެއް ކަމަށް ބުނެ އެ ގަވައިދު އުވާލުމަށް ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ތެރެއިން އެކަކު ކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވަނީ ގޮވާލައިފައެވެ.
އިއްޔެ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ފޮނުވި ސިޓީއެއްގައި މުހައްމަދު މޫސާގެ ތިން ކުންފުނިން ވަނީ މި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. މި ކުންފުނިތަކަކީ:
- ޗަމްޕާލާސް ހޯލްޑިންގްސް
- ކޮމަންޑޫ ހޯލްޑިންގްސް
- ކުރެއްދޫ ހޯލްޑިންގްސް
އާ ގަވައިދުގެ މައިގަނޑު މައްސަލަތައް:
- މާރުކުރަން ޖެހޭ މިންވަރު އެކަށީގެން ނުވޭ:
- ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުމަކީ ވިޔަފާރީގެ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން
- ރިސޯޓްތަކުގެ އާމްދަނީއަށް ވުރެ ބޮޑަށް ހަރަދުކުރަން ޖެހޭ
- ހުރިހާ ރިސޯޓަކަށް އެއް މިންގަނޑެއް:
- ރިސޯޓްތަކުގެ ފަންތި އާއި އަގުތަކަށް ރިއާޔަތް ނުކުރޭ
- ދަށް ފަންތީގެ ރިސޯޓްތަކަށް މާލީ ގެއްލުން އިތުރު
- ތަންފީޒުކުރުމުގެ މައްސަލަތައް:
- ވިޔަފާރިތަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ
- މަޝްވަރާކުރެވިފައި ނުވޭ
- ދެމެހެއްޓެނިވި ހައްލެއް ނޫން
ނޭދެވޭ އަސަރުތައް:
- މުވައްޒަފުންގެ އިނާޔަތްތައް ކުޑަކުރަން ޖެހިދާނެ
- އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ
- އިންވެސްޓަރުންގެ އިތުބާރު ގެއްލިގެންދާނެ
ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ ސަރުކާރުގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ނެރެފައިވާ ވަގުތީ ފިޔަވަޅެއް ކަމަށާއި، މިކަމުގެ ސަބަބުން ދިގު މުއްދަތުގައި އިގްތިސާދަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ވަނީ ބުނެފައެވެ.
40 އަހަރަށް ވުރެ ގިނަ ދުވަހު ރިސޯޓް ހިންގާ ފަރާތެއްގެ ހައިސިއްޔަތުން، ގައުމަށް ފައިދާހުރި، ދެމެހެއްޓެނިވި އުސޫލުތަކެއް އެކުލަވާލުމަށް ސަރުކާރަށް އިލްތިމާސްކޮށް، މި ގަވައިދު ވަގުތުން އުވާލުމަށް އެ ކުންފުނިތަކުން ވަނީ އެދިފައެވެ.