ޚަބަރު

މީޑިޔާ ބިލަކީ ތިމަންނާ ދެނަހުރި އެއްޗެއް ކަމަށްވެސް ނެހެދި މުއިއްޒުގެ އެންގުމަށް، މީޑިއާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް މީކާއިލް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ދިޔަވަރު
މީޑިޔާ ބިލަކީ ތިމަންނާ ދެނަހުރި އެއްޗެއް ކަމަށްވެސް ނެހެދި މުއިއްޒުގެ އެންގުމަށް، މީޑިއާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް މީކާއިލް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

މީޑިޔާ ބިލަކީ ތިމަންނާ ދެނަހުރި އެއްޗެއް ކަމަށްވެސް ނެހެދި މުއިއްޒު އެންގުމަށް، މީޑިއާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް މީކާއިލް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މީޑިޔާ ބިލާއި ގުޅޭ ގޮތުން ހުށައެޅޭ އެއްވެސް ކުއްލި މައްސަލައެއް ބަލައި ނުގަތުމަށް މުއިއްޒު މަޖިލީސް ރައީސް އަށް އަންގާފައިވާކަމަށް ޕީއެންސީގެ މަޖިލީސް މެމްބަރަކު ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވާފައި ވެއެވެ.

މީޑިޔާ ކޮންޓްރޯލް ކުރަން ތިމަންނާ ބޭނުން ނުވާކަމަށް މުއިއްޒު ޓްވީޓް ކުރީ އިއްޔެގައި، މީޑިޔާ ބިލް މަޖިލީހަށް މުއިއްޒުގެ ފަރާތުން ވެއްދުމާއި ގުޅިގެންނެވެ. މީޑިޔާ ބިލަކީ ރައީސް މުއިއްޒު އެދިގެން އޭޖީ އިން ތައްޔާރު ކުރި ބިލެކެވެ. އޭގައި ވަނީ ރައީސް މުއިއްޒުގެ އަނިޔާވެރިކަމެވެ. ވަކި ވަކި ނޫސްވެރިން ޖޫރީމަނާ ކުރެވޭ ގޮތަށް އޮތް މި ބިލަކީ މުއިއްޒުގެ ހިޔާނާތާއި، ވައްކަމާއި ދޮގު އާންމުންނަށް ހާމަ ވަމުންދާތީ ހެދި ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދު، މީޑިއާ ކޮމިޝަން ބިލާ ގުޅޭ ކުއްލި މައްސަލައެއް ބަލައިގަތުމަށް އިންކާރު ކުރައްވާފައެވެ. މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި، މި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) އަދި (މ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާތީއެވެ. އެހެންނަމަވެސް، ކޮން ޝަރުތުތަކެއްތޯ ސާފުކޮށް ބަޔާންކުރައްވާފައެއް ނުވެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ކުއްލި މައްސަލައެއް ބަލައިގަތުމަށް މައިގަނޑު ޝަރުތަކީ އެއީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް އަސަރުކުރާފަދަ ކުއްލި ކަމަކަށްވުމެވެ.

މީކާއިލްގެ މައްސަލައިގައި ފާހަގަކުރައްވާފައިވަނީ:

  • ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްކަން
  • މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަން ބިލުން މީޑިއާގެ މައްޗަށް ސަރުކާރުގެ ބާރު ފޯރުވޭނެކަން
  • މީޑިއާ ކޮމިޝަން ރެގިއުލޭޓްކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދާނެކަން

އަދި މައްސަލައިގައި ސަރުކާރަށާއި މަޖިލީހަށް ގޮވާލާފައިވަނީ ޤާނޫނުއަސާސީން ލިބިދޭ ހައްގުތަކަށް ހުރަސްއެޅޭފަދަ ބިލުތައް ފާސްކުރުމުގެ މަސައްކަތް ހުއްޓާލުމަށެވެ.