ޚަބަރު

މުއިއްޒު އަންގައިގެން އަނެއްކާވެސް ފްލެޓް ލިސްޓް ހާމަ ކުރުން ލަސްކޮށްފި. ކުރިން އޮތީ މިއަދު ހާމަ ކުރާ ގޮތަށް!

ދިޔަވަރު
މުއިއްޒު އަންގައިގެން އަނެއްކާވެސް ފްލެޓް ލިސްޓް ހާމަ ކުރުން ލަސްކޮށްފި. ކުރިން އޮތީ މިއަދު ހާމަ ކުރާ ގޮތަށް!

އާ ގެދޮރުވެރިޔާ ފުލެޓު ލިސްޓު އެންމެ ފުރަތަމަ ލިބޭ 4000 ފަރާތުގެ ނަންތައް މިއަދު ވެސް އިއުލާން ނުކުރާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާވަހި ފައިނޭންސިންގ ސްކީމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލެޓު ލިސްޓު އިއުލާން ކުރާނީ:

  • މި ހަފުތާ ނިމުމުގެ ކުރިން
  • ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރު ފުރޭ ދުވަހުގެ (ނޮވެމްބަރު 17) އެއް ދުވަސް ކުރިން
  • އެއީ އަންނަ ހޮނިހިރު ދުވަސް ކަމަށް

މިނިސްޓްރީން އޮކްޓޫބަރު 28 ގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހަފުތާ ނިމުމުގެ ކުރިން ފުލެޓު ލިސްޓު އިއުލާން ކުރާނެ ކަމަށެވެ. އެހެންކަމުން ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ މިއަދު ލިސްޓު އިއުލާން ކުރާނެ ކަމަށެވެ.

ލިސްޓާ ގުޅޭ މުހިންމު ތާރީޚުތައް:

  • ޖުލައި 29: ޕެޓިޝަން ކޮމެޓީގައި މިނިސްޓަރު ވިދާޅުވީ އިމާރާތްތަކުގެ މަސައްކަތް ނިމުމުގެ ކުރިން ފައިނަލް ލިސްޓު އެކުލަވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް
  • އޮކްޓޫބަރު 7: އިންޑިއާ އެހީގެ 700 ހައުސިންގ ޔުނިޓު ސަރުކާރާ ހަވާލުކުރުން
  • ފެބްރުއަރީ 5: އޭސީސީން ކުރިން އިއުލާންކުރި ލިސްޓުގެ ތަފްސީލު ހާމަކުރުން

އޭސީސީގެ ތަހުގީގުން ފާހަގަވި ކަންކަން:

  • ޝަރުތު ފުރިހަމަވެ، މައްސަލައެއް ނެތް: 20.7%
  • ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަ ހުރި: 19.7%
  • މައުލޫމާތުގެ ފުށުއެރުން ހުރި: 70%

ކުރިން އިއުލާންކުރި ލިސްޓުގައި:

  • ޝަރުތު ހަމަވާކަމަށް ކަނޑައެޅި: 15,046 މީހުން
  • އެމްޑީޕީ ސަރުކާރުން ނިންމީ މި އަދަދަށް ފުލެޓު ދިނުމަށް
  • ފުރަތަމަ ފޭސްގައި ދޭން ނިންމީ: 4,000 ފުލެޓު

މުއިއްޒު ދަނީ ފްލެޓް ލިސްޓަށް އޭނާގެ އަންހެނުންނާއި، މަޖިލީސް މެމްބަރުން ލައްވައި އެމީހުން ބޭނުންވާ ބަޔަކަށް ދިނުމަށް ލިސްޓް ބަދަލު ކުރަމުންނެވެ. ވެރިކަމަށް އައުމަށް މުއިއްޒު ވަނީ ލިސްޓަށް ބަދަލު ނުގެންނާނެ ކަމަށް ބުނެ ދޮގު ވައުދު ވެފައެވެ. މުއިއްޒު ދަނީ ރައްޔިތުން ކުރިމަތީ އިންތިހާއަށް ދޮގު ހަދައި ކަންކަން އޮޅުވާލަމުންނެވެ.

މުއިއްޒު ނެގި ކޮމިޓީއިން ގޯތި ދޭންވީ ގޮތް ނިންމުމުންވެސް އެކަންވެސް މުއިއްޒަށް ކަމު ނުގޮސްގެން ވަނީ ގޯތިތައްވެސް މުއިއްޒު ބޭނުންވާ ބަޔަކަށް ދިނުމުގެ އަނިޔާވެރި މަސައްކަތް ފަށާފައެވެ. ރައީސް މުއިއްޒު އަކީ ދިވެހި ރާއްޖޭގެ ފަހުގެ ތާރީޚު ދުށް އެންމެ ޚުދުމުހުތާރު އަނިޔާވެރި ވެރިޔާއެވެ.