ކައުންސިލްތަކަށް ޤާނޫނުގައި އޮތް ވަރަށް ފައިސާ ދޭނެކަމަށް ބުނުމަށްފަހު، އެފައިސާ ނުދިނުމަށް މަކަރުވެރި ކަމާއި އެކު، އޮޑިޓް އޮފީސް ބޭނުންކޮށްގެން ކައުންސިލަށް ފައިސާ ދޭނެ އާ ފޯމިއުލާއެއް ހަދައިފިއެވެ.
މިއަދު ބޭއްވުނު ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ބުނީ:
- ބައެއް ކައުންސިލްތަކަށް އަމިއްލަ އާމްދަނީ ލިބެމުންދާކަން
- އިތުރު އާމްދަނީ ހޯދޭނެ ފުރުސަތުތައް ހުރިކަން
- ދައުލަތުގެ މާލީ ހާލަތަށް ބަލައި، ގްރާންޓް ދޫކުރާ އުސޫލު އަލުން އެކުލަވާލަން ޖެހޭކަމަށް
- ކައުންސިލްތަކުން އާމްދަނީ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަން
މި ގޮތަށް އޮޑިޓް އޮފީހުން މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކާފައިވަނީ ރައީސް މުއިއްޒު އަންގައިގެން، ކައުންސިލްތަކަށް ޤާނޫނުން ދޭން ޖެހޭ ފައިސާ ނުދިނުމަށެވެ. ހުރިހާ ކަމެއްގައި ރައީސް މުއިއްޒު އިސްކުރަނީ، ފުރަތަމަ އޮޅުވާލުމެވެ. އޮޅުވާލުމުން ރައްޔިތުން އެކަމާއި ދެކޮޅު ހެދުމުން، އެކަން ރައްޔިތުން ބޭނުން ގޮތަށް ކޮށްދޭނެ ކަމަށް ބުނެ ދޮގު ހަދައެވެ. އެއަށްފަހު، ދެން އެހެން މުއައްސަސާއެއް މެދުވެރިކޮށް، މުއިއްޒު ކުރާ ކަމަކަށް އެކަން ނަހަދަން، އެހެން މަޖިލީސް މެމްބަރަކު މަތިކޮށް މުއިއްޒުގެ ބޭނުން ބޭނުންވާ ގޮތަށް ނިންމައެވެ. އެކަން އެގޮތަށް ކުރަމުންދާއިރު، ރައްޔިތުން އެކަމާއި ނުރުހުން ވެއްޖެނަމަ، އެއީ ތިމަންނާ ދެނަހުރި ކަމެއް ކަމަކަށް ވެސް ނަހަދެއެވެ. ރައީސް މުއިއްޒުގެ ހީލަތްތެރިކަން ހުރީ މިހާ ނުބައި މިންވަރެއްގައެވެ. ރައްޔިތުންނާއި ތެދުބަހުން ވާހަކަ ދައްކާލަން ނުކުރޭ ވެރިއަކު ވެރިކަމުގެ ހުރުމުގެ ބޭނުމެއް ނެތް.
ގާނޫނީ ގޮތުން ދޭންޖެހޭ މިންވަރު:
- ދައުލަތުގެ އާމްދަނީން ޚާއްސަ ބައިތައް އުނިކުރުމަށްފަހު: 27.9 ބިލިއަން ރުފިޔާ
- މީގެ 5%: 1.3 ބިލިއަން ރުފިޔާ
- ރިސޯޓު އަދި ދަނޑުވެރިކަމުގެ ރަށްތަކުގެ ކުލީގެ 40%: 747.7 މިލިއަން ރުފިޔާ
- ޖުމްލަ ދޭންޖެހޭ: 2.1 ބިލިއަން ރުފިޔާ
- ބަޖެޓުގައި ހިމަނާފައިވަނީ: 1.4 ބިލިއަން ރުފިޔާ