ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުށިދިއްގަރުފަޅު ބާކީ އޮތް ދެ ސައިޓު - ސައިޓު ސީ އަދި އީ - ހިއްކުމުގެ މަސައްކަތް ސިނަމާލެ ބްރިޖް އެޅި ޗައިނާ ހާބާ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފިއެވެ.
މި ދެ ސައިޓުގެ ޖުމްލަ ބޮޑުމިނަކީ 250 ހެކްޓަރެވެ. އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުން ދައްކާގޮތުގައި:
- މަސައްކަތް ނިންމުމަށް ދޮޅު އަހަރު ނަގާނެ
- ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމޭނީ 2026 މެއި 17 ގައި
މަޝްރޫއުގެ މިހާރުގެ ހާލަތު:
- ހިއްކާ ނިމިފައި: ސައިޓު ޖޭ (29 ހެކްޓަރު)
- މަސައްކަތް ހިނގަމުންދަނީ: ސައިޓު ޑީ (264 ހެކްޓަރު) - އެމްއެމްއީ އިން ބަންޑްވޯލް ޖަހަމުންދަނީ
- ސައިޓު ބީ (144 ހެކްޓަރު): 2025 ސެޕްޓެމްބަރު 30 އަށް ނިމޭނެކަމަށް ލަފާކުރެވޭ
ފައިނޭންސިންގ:
- މަޝްރޫއުގެ އަގު: 500-700 މިލިއަން ޑޮލަރު، އެޗްޑީސީން ނަގާ ލޯނަކުން ހަމަ ޖައްސަން އޮތް އިރު، ކުރިން މިތަން ހިއްކި ފަރާތުން މިތަން ދޫކޮށްފައި ދިޔައީ ސަރުކާރަށް ފައިސާ ނުދެއްކިގެންނެވެ. އެހެން ކަމުން މިތަން ހިއްކުމަށް ޗައިނާގެ ކުންފުންޏަކަށް ދީފައިވަނީ ފައިސާއަށް ތޯ ނުވަތަ ރާއްޖޭގެ ކިތައް ރަށް ނުވަތަ ބިން ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ދީގެން ތޯ ސަރުކާރުން ސާފުކޮށްފައި ނުވެއެވެ.
- ކުރިން ރޭވިފައިވީ ބަޖެޓުން ހަރަދުނުކޮށް ކުރިއަށްގެންދަން
- ސައިޓު ޖޭ އަށް ސީއެމްސީސީއަށް 77 މިލިއަން ރުފިޔާ ދައްކާފައި
މުޅި މަޝްރޫއުގެ ދަށުން ފުށިދިއްގަރު ފަޅުން ޖުމްލަ 1,100 ހެކްޓަރު ހިއްކުމަށް ވަނީ ރޭވިފައެވެ. ނަމަވެސް މިއީ، 45 މިނިޓު ދުއްވާފައި ރައްޔިތުން ދަތުރުކޮށް ދާން ބޭނުންވާތަނެއް ނޫނެވެ.