ސިޔާސީ

މުއިއްޒުގެ އަމިއްލަ އަތުން ދިވެހި ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުމަށްފަހު، އެކަން ވިޔަފާރިވެރިންގެ ބޮލުގައި އަޅުވަން މުއިއްޒު މަސައްކަތް ފަށައިފި

ދިޔަވަރު
މުއިއްޒުގެ އަމިއްލަ އަތުން ދިވެހި ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުމަށްފަހު، އެކަން ވިޔަފާރިވެރިންގެ ބޮލުގައި އަޅުވަން މުއިއްޒު މަސައްކަތް ފަށައިފި

މުއިއްޒުގެ އަމިއްލަ އަތުން ދިވެހި ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުމަށްފަހު، އެކަން ވިޔަފާރިވެރިންގެ ބޮލުގައި އަޅުވަން މުއިއްޒު މަސައްކަތް ފަށައިފިއެވެ.

"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!" ކަމަށް މުއިއްޒު ބުނެފައިވަނީ ރައްޔިތުން ބައިބައިކޮށް، މުއްސަނދިންނަކީ ދިވެހި ރައްޔިތުން ނިކަމެތި ކޮށްލި ބައެއް ގޮތުގައި ދައްކައިގެން މަސައްކަތް ކުރުމަށެވެ.

ރައީސް މުއިއްޒަށް އެނގި ނުލައްވާ ކަމަކީ ރައްޔިތުން ތިބީ އޭނާގެ ފަޅީގައި ނޫންކަމެވެ. ރައްޔިތުން ތިބީ ރައްޔިތުން ފަޅީގައެވެ. އޭނާގެ ނާގާބިލު ވެރިކަން އައުމަށް ރައްޔިތުން ދަނީ މާތްﷲ ހަޞްރަތުގައި ދުޢާކުރަމުންނެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާލަތަށް ގޮސްފައިވަނީ ރައީސް މުއިއްޒުގެ ނާގާބިލު ކަމުންނެވެ. އަވަށްޓެރި ޤައުމުތަކާއި ޖެހިގަނެ، ޚާރިޖީ ސިޔާސަތަށް ދުނިޔޭގެ އިތުބާރު ގެއްލުމުން ރާއްޖެއަށް ބަޖެޓް ސަޕޯޓް ލިބުން ހުއްޓުނެވެ. ބަޖެޓްގައި ހުރި ފައިސާއިން، ހައްދުފަހަނައެޅި ޤައުމިއްޔަތު ހިންގަން ބޭކާރު ޚަރަދު ޑޮރޯން އަށާއި، ކޮލަޖް އެޅުމަށް އިސްރާފް ކުރީ، އަދި ކުރަމުން ދަނީ މުއިއްޒެވެ. 7000 ސިޔާސީ މަގާމާއި އެކު، ވަޒީފާގެ އަޅުންގެ ބުރަކަށި ވެރިކަން ބިނާ ކުރީ އެތައް މިލިއަނެއް ޚަރަދުކޮށްގެން މުއިއްޒެވެ. 100 މިލިއަން ރުފިޔާ ފެނަކައިން އެކަނި ރައީސް މުއިއްޒުގެ ޖީބަށް 11 މަސްދުވަހު ތެރޭ ވައްދައި ރައްޔިތުން ނިކަމެތި ކޮށްލީ މުއިއްޒެވެ. ވައްކަމާއި، އިސްރާފާއި، ނާގާބިލުކަމުން ދިވެހިރައްޔިތުން މިވަނީ އިންތިހާއަށް ބިކަވެފައެވެ.

މިއަދު މަސައްކަތް ކުރަނީ އަމިއްލަ އަށް ރައްޔިތުންނަށް ދެމުންދާ އަނިޔާ އިތުރުކޮށް، ރާއްޖޭގައި ބުރަމަސައްކަތުން ފަތުރުވެރި ކަމުގެ ސިނާއަތް ކޮޅަން ޖަގައި، މިއަދު ސަރުކާރުން މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ކޮޅުވެސް ޓެކްސްގެ ގޮތުގައި ސަރުކާރަށް ދޭ ވިޔަފާރިވެރިންނާއި ރައްޔިތުންނާއި ޖައްސައި އެމީހުންގެ މުދާ ފޭރިގަތުމަށެވެ.

މުއިއްޒުގެ ސަރުކާރު ނަގަހައްޓަން ޖެހޭނީ މުއިއްޒެވެ. ރައްޔިތުން ފެލައިގެންނެއް ނޫނެވެ. ރާއްޖޭގެ ރައްޔިތުންތަކެއް އެއީ ދިވެހި ރައްޔިތުން ނޫންކަމަށް ދޭހަވާހެން ވާހަކަ ދެއްކުމަކީ ޤައުމަށް އެންމެ މަތީ ދަރަޖައިގައި ވެވޭ ހިޔާނާތެކެވެ. އެއީ ޒައެނިސްޓުންނާއި، ހިޓްލަރު ފަދަ އަނިޔާވެރިން ގެންގުޅެފައިވާ ނުބައި ހަމަތަކެވެ.

މުއިއްޒު މުއްސަނދި މަހުޖަނަކަށް ވީ އަމިއްލަ މަސައްކަތުން ނޫނެވެ. އަމިއްލަ އަށް ކުރި ވިޔަފާރިއެއް ނެތެވެ. ބައްޕާފުޅު ދުނިޔެ ދޫކޮށް ދަމުން ލިބުނު މުއްސަނދިކަމުގައި އާއި، ދައުލަތުން ވައްކަން ކޮށްގެން ލިބުނު ފައިސާއިން މަހުޖަނަކަށް ވެފައިވާ މުއިއްޒަކަށް، ބުރަމަސައްކަތުން ދިރިއުޅުން ކޮޅަށް ޖެހި ފަރާތްތަކުގެ އިހްސާސެއް ނެނގޭނެއެވެ.