ޚަބަރު

ސަރުކާރު ކުންފުނިތަކުގެ މުސާރަ ސިވިލް ސާވަންޓުންނާ އެއްވަރު ނޫނީ އެއަށް ވުރެ ދަށް ކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު އަންގަވައިގެން ގަވަރުނަރު ވިދާޅުވެއްޖެ

ދިޔަވަރު
ސަރުކާރު ކުންފުނިތަކުގެ މުސާރަ ސިވިލް ސާވަންޓުންނާ އެއްވަރު ނޫނީ އެއަށް ވުރެ ދަށް ކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު އަންގަވައިގެން ގަވަރުނަރު ވިދާޅުވެއްޖެ

ސަރުކާރު ކުންފުނިތަކުގެ މުސާރަ ސިވިލް ސާވަންޓުންނާ އެއްވަރު ނޫނީ އެއަށް ވުރެ ދަށް ކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު އަންގަވައިގެން ގަވަރުނަރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، ސަރުކާރުގެ ހިއްސާ އޮވެ ފައިސާ ދީގެން ހިންގަމުންދާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ސިވިލް ސާވަންޓުންނާ އެއްހަމައަށް ނުވަތަ އެއަށްވުރެ ދަށަށް ގެންނަންޖެހޭ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި 2025ގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ގަވަރުނަރު ފާހަގަކުރެއްވީ:

  • ސަރުކާރުން މިހާރުވެސް ގިނަ ކުންފުނިތަކަކަށް ފައިސާ "ޕަމްޕު" ކުރަމުންދާކަން
  • މި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ މުރާޖަޢާކުރުން މުހިންމުކަން
  • މުސާރަ މުރާޖަޢާނުކޮށްފިނަމަ، ބަޖެޓުގައި ހިމެނޭ މާލީ ރިފޯމުތައް ކާމިޔާބުނުވާނެކަން

އިތުރު މަޢުލޫމާތު:

  • ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ސިވިލް ސަރވިސްއަށްވުރެ މަތިކަމަށް ބުނެ، ކުޑަ ކުރަން އުޅެނީ ރައީސް މުއިއްޒުގެ ސަރުކާރުން 8 މަސްދުވަހުގެ ބަޖެޓުގައި ހުރި ފައިސާ އަށް ކުރި މަސައްކަތެއް ހާމަ ނުކޮށް ސިއްރު ކޮށްގެން ތިބެ
  • 2024ގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު ކުންފުނިތަކުގައި 33,284 މުވައްޒަފުން ތިބި ކަމަށްވޭ