ޗައިނާއިން ރާއްޖެއަށް 20 ލެޕްޓޮޕް ހަދިޔާކޮށްގެން، ދިވެހި ސަރުކާރުން އެކަން ފާހަގަ ކުރަން ބޮޑު ރަސްމިއްޔާތެއް ބާއްވައިފިއެވެ. ޗައިނާއިން ދިވެހިން ދެކެނީ އެފްރިކާ ބައްރެއްގައި އޮތް ފަގީރު ޤައުމެއް ގޮތުގައިއެވެ. އެހެންކަމުން ރާއްޖެއަށް ކަންކަމުގައި އެހީވަނީ ފިޔާ ކިލޯއާއި، ފެން ކޭސްތަކާއި، 20 ލެޕްޓޮޕާއި، ބާ ކޮމްޕިއުޓަރުތައް ދީގެންނެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ދިން ކޮމްޕިއުޓަރުތަކަކާއި 20 ލެޕްޓޮޕާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. ޗައިނާގެ ފަރާތުން އެ އެއްޗެހި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން އެވެ.
އެ ރަސްމިއްޔާތުގައި ޑރ. ހަލީލް ވިދާޅުވީ އެ ކޮމްޕިއުޓަރުތަކާއި ލެޕްޓޮޕްތައް ހަދިޔާ ކުރެއްވީތީ ޗައިނާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި އެ ހަދިޔާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
"ކޮމްޕިއުޓަރުތަކުން ސަރުކާރުގެ ޓެކްނިކަލް ޕާފޯމަންސް އިތުރުވެ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފަސޭހަތަކެއް ވެގެންދާނެ،" ޑރ. ހަލީލް ވިދާޅުވި އެވެ.
ޗައިނާއަކީ ހުވާވޭ ފަދަ ކުންފުނިތައް ހުރި ލެޕްޓޮޕް އުފައްދާ ޤައުމަކެވެ. މުޅި ސަރުކާރުގެ ހުރި ހުރިހާ ސިސްޓަމްތަކެއް ބަދަލުކޮށްލުމަކީ ޗައިނާއަށް ކުޑަ ކުޑަ ކަމެކެވެ. ނަމަވެސް އެފަދަ އެހީތެރި ކަމެއްވެސް ޗައިނާއިން ރާއްޖެއަކަށް ވެދޭކަށް ބޭނުމެއް ނޫނެވެ. 20 ލެޕްޓޮޕް އެއީ ރާއްޖެއަށް އެކަށީގެންވާ މިންވަރެވެ.
ބައެއް ފަހަރު، ޗައިނާއިން ދޭ މިފަދަ ނިކަމެތި އެހީތަކަށް އެ ޤައުމުން ކުރާ ޚަރަދަށްވުރެ ދެގުނަ ބޮޑު ހަރަދެއް މި ތަކެތި ހަވާލުވުމަށް ބާއްވާ ރަސްމިއްޔާތު ތަކަށް މުއިއްޒުގެ ސަރުކާރުން ކޮށްފައި އެބަހުއްޓެވެ.