ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ނިމިފައިވާ ފީސިބިލިޓީ ރިޕޯޓު RTI ގެ ދަށުން އެދުމުންވެސް ސަރުކާރުން ނުދިނެވެ. އާންމު ފަރުދެއް އޮކްޓޯބަރ 17 ގައި މި މައުލޫމާތަށް އެދިފައި ވީ ނަމަވެސް، މައުލޫމާތު ހާމަކުރަން ސަރުކާރަށް ޤާނޫނުން ދީފައިވާ 20 ދުވަހުގެ މުހަލަތު ފަހަނައަޅާ ގޮސްފައިވާއިރުވެސް، މިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ދީފައި ނުވެއެވެ.
ޗައިނާ އާއި އެކު، ޗައިނާ އަށް މުއިއްޒު ކުރެއްވި ދަތުރުގައި ސޮއެ ކޮށްފައިވާ އެއްބަސްވުންތައްވެސް ސަރުކާރުން ހާމަ ކޮށްފައި ނުވެއެވެ.
ވެރިކަމަށް މުއިއްޒު އައީ އެފަދަ ހުރިހާ އެއްބަސްވުންތަކެއް ހާމަ ކުރާނެ ކަމަށް ބުނެ ދޮގު ހަދައިގެންނެވެ.
ނޫސްވެރިންނާއި ދިވެހި ރައްޔިތުންނަށް ޤާނޫނުން ކަނޑައެޅިފައިވާ ތެދު މާއުލޫމާތު ލިބިގަތުމުގެ ހައްޤުން އެމީހުން މަހުރޫމުކޮށް، ރައީސް މުއިއްޒު ދަނީ ދޮގާއި، ޕްރޮޕެގެންޑާ ފަތުރަމުންނެވެ.