ޚަބަރު

ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައި މި ހައްސާސް ދަނޑިވަޅުގައި، ސައުދީ އާއި އަޒަރުބައިޖާނަށް ދިވެހިންނަށް ފައިދާއެއް ނެތް ދަތުރެއްކޮށް، އެތައް ހާސް ޑޮލަރެއް އިސްރާފު ކުރުމަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

ދިޔަވަރު

ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައި މި ހައްސާސް ދަނޑިވަޅުގައި، ސައުދީ އާއި އަޒަރުބައިޖާނަށް ދިވެހިންނަށް ފައިދާއެއް ނެތް ދަތުރެއްކޮށް، އެތައް ޑޮލަރެއް އިސްރާފު ކުރުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުތަކަށް 6 މިލިއަނެއްހާ ރުފިޔާ ޚަރަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

ސައުދީ އަރަބިއްޔާގެ ދަތުރުފުޅުގައި ރައީސް ބައިވެރިވެވަޑައިގެންނެވީ އަރަބް-އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ޖޮއިންޓް ސަމިޓުގައެވެ. މި ސަމިޓަކީ މިވަގުތު ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ސައުދީ އަށް ވަޑައިގެންނެވި ނަމަވެސް، ސައުދީގެ އެއްވެސް އިސް ވެރިއެއް ރައީސް މުއިއްޒު އާއި ބައްދަލު ކޮށްފައި ނުވެއެވެ.

އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ބޭއްވުނު ކޮޕް29 ގައި ރައީސް ބައިވެރި ވުމަށް ކުރި ދަތުރަކީ، ރާއްޖެއިން މިނިސްޓަރަކަށްވެސް ބައިވެރިވެވިދާނެ ދަތުރެކެވެ. މިއިން އެއްވެސް ދަތުރަކީ މިވަގުތު ރާއްޖެއަށް އެއިން ފައިދާ ކުރާ ދަތުރެއް ނޫނެވެ.