އެޑިއުކޭޝަން ދާއިރާގައި މަސައްކަތްކުރައްވާ ޑރ ލަތީފު މުޅި ދުވަހު އުޅުއްވީ ޒަރިޔަންދުއާއެކު އަވަދިނެތި މުއިއްޒުގެ ޑޮލަރު ޕޮލިސީ ދިފާއުކުރުމުގައެވެ. މިހެން އުޅުއްވަމުން މިރޭ ދަންވަރު 12.13 ގައި ދިގު ޓުއީޓެއް ކުރެއްވިއެވެ. މި ޓުއީޓުގައި އޮތީ މުޅިންވެސް މުއިއްޒުގެ ޑޮލަރު ޕޮލިސީގެ މުހިއްމުކަމާއި، ދުނިޔޭގައި ފޮރެކްސް މަސައްކަތްކުރާ ގޮތާއި އިކޮނޮމިކް ޕްރޮސެސް ސްޓްރީމްލައިން ކުރާނެގޮތުގެ ވާހަކައެވެ. އަދި ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ރުފިޔާއަށް ބަދަލުކުރަން ގޮވާލާފަވެއެވެ. އަދި ލޯކަލް ކަރަންސީ އިގްތިސޯދަށް މުހިއްމުވާ ސަބަބާއި މިބާވަތުގެ ވާހަކަތައްވެސް މި ޓުއީޓުގައި ވަރަށް ފުރިހަމަކޮށް ހިމަނާފައިވެއެވެ. މި މޮޅު ޓުއީޓު ކުރިތާ ބަރާބަރު 3 މިނެޓްތެރޭގައި ހަސަން ކުރުސީ ވަނީ ޑރ ލަތީފު ކުރި ޓުއީޓަކީ ސައްތައިން ސައްތަ އޭއައި ޖެނެރޭޓެޑް / ޗެޓް ޖީޕީޓީއިން ލިޔެފައިވާ ޓުއީތެއްކަން ހެއްކާއެކު ފަޅާއަރުވާފައެވެ.
މި https://quillbot.com/ai-content-detector އަށް ވަދެ ޑރ ލަތީފުގެ ޓުއީޓު ކޮޕީކޮށް، ޕޭސްޓްކުރީމައި އެއީ ސައްތައިން ސައްތަ ޗެޓް ޖީޕީޓީއިން ލިޔެފައިވާ ޓުއީޓެއްކަން ކަށަވަރުވާނެކަމަށް ލިޔެފައިވެއެވެ. މިއީ ތެދެކެވެ. އެ ވެބްސައިޓް ބުނާގޮތުން ޑރ ލަތީފު ލިޔުނު މުޅި ޓުއީޓަކީ ސައްތައިން ސައްތަ ޗެޓް ޖީޕީޓީ ޓުއީޓެކެވެ.

މި ހާދިސާއާއެކު ހަސަން ކުރުސީ ވަނީ ޑރ ލަތީފު އަމިއްލަ ސިކުޑިން ކަންކަމާމެދު ވިސްނާ ފިކުރުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ރާއްޖޭގައި ވަންނަ ހުރިހާ ޑޮލަރެއް މާރުނުކުރާ ސަބަބު ވަރަށް ސާފުކޮށް ކިޔާދީފައިވެއެވެ.
މިގޮތުން ހަސަން ކުރުސީ ލިޔެފައިވަނީ މިހެންނެވެ.
ޑރ ލަތީފު ފަދަ އެޑިއުކޭޝަންގައި މަސައްކަތް ކުރައްވާ ބޭފުޅަކު މިފަދަ ދަށުދަރަޖައިގެ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަމިއްލަ ހިޔާލު ކަމަށް ދައްކަން، ރާއްޖެއާ ނުވެސް ގުޅޭ ވާހަކަތަކެއް ޗެޓް ޖީޕީޓީއިން ލިޔެފައި ޓުއީޓުކުރުމަކީ ހުތުރުކަން ބޮޑު އަމަލެކެވެ. ރާއްޖެއަކީ ވަރަށް ހާއްސަ އިކޮނޮމީއެއް އޮތް ގައުމެކެވެ. ވީއިރު ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރާ ހުރިހާ އުސޫލެއް މިތާ ނުހިގާނެއެވެ. ހާއްސަކޮށް އިގްތިސޯދީ ކަންކަމެވެ. ޗެޓް ޖީޕީޓީއިން އާންމުކޮށް ދައްކާނީ ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައި ކަންކުރާގޮތުގެ ވާހަކައެވެ.
ހަމަ އެއާއި އެކު ޗެޓްޖީޓީޕީއިން އެމީހަކު ވާހަކަ ދައްކަން ބޭނުންވާ ކޮޅެއް ބުނެ، އެކޮޅަށް ދައްކާނެ ވާހަކަތަކެއް ތައްޔާރު ކޮށްދިނުމަށް އެދިއްޖެނަމަ، އެ ގޮތަކަށް ޖަވާބު ދޭނެއެވެ. މިފަދަ ޖަވާބަކީ ސައްޙަ ޖަވާބުތަކެއް ނޫނެވެ.
ޑރ. ލަތީފުގެ ގިނަ ތައުލީމީ ޚިޔާލުތަކަކީވެސް، ހައްދު ފަހަނަ އެޅި ވާތު ފިޔާގެ، ޚިޔާލު ތަކާއި ގުޅުން ހުރި އިސްލާމީ މުޖުތަމައުއަކަށް ކަމުދާފަދަ ޚިޔާލުތަކެއް ނޫނެވެ. ރާއްޖޭގައި އިލްމީ ގޮތުން ފުންނާބު އުސްކަމަށް ދެއްކުމަށް ޕީއެޗްޑީގެ ފަހަތުގައި ފިލާތިބޭ ގިނަ މީހުންނަކީ އިލްމީ ދުނިޔޭގައި އެންމެ ބޮޑެތި ހީލަތް ތެރިންނެވެ. ރައީސް މުއިއްޒު އަކީ އޭގެ ނާގާބިލު މިސާލެކެވެ.