ރައީސް ނަޝީދުގެ ބާރުން، ޓެންޑަރ ބޯޑުގައި އިނދެ އެތައް ބައެއްގެ ހައްޤުތަކަށް އަރާގަނެފައިވާ ޒަރިޔަންދު، ރާއްޖޭގެ ޓުއަރިޒަމް ފުނޑާލުމަށް ތެދުވެއްޖެއެވެ.
ޒަރިއަންދު އަކީ "މާއްކޫ އޮޑިޓަރ" ކެޓަގެރީގެ މީހެކެވެ. ތިމާގެ ބަހާއި އަމަލާއި ދިމާނުވާ ނަޒާހަތްތެރިކަމުގެ ކަންފުކެއްވެސް ނެތް، ޒާތީ ތައައްސުބުން ފުރިފައިވާ މީހެކެވެ. ރައީސް ނަޝީދާއި، ރައީސް ސޯލިހްގެ މެދުގައި އޮތް އަރާރުމުގެ ތެރެއިން ރައީސް ސޯލިހަށް ސަޕޯޓް ކުރާ ވިޔަފާރިތަކަށް ޓެންޑަރ ބޯޑުގައި އިނދެ އެމީހުންނަށް ޙައްޤުވާ ޕްރޮޖެކްޓްތައް ނުދީ ހިފަހައްޓައި ކުންފުނިތަކާއި މެދު އަނިޔާވެރިކޮށް އަމަލު ކުރި ޒާލިމެކެވެ.
ނަޝީދާއި، ސޯލިހު އާއި ދެމެދު އޮތް މައްސަލައެއް، އަމިއްލަ ޒާތީ މައްސަލަ އަކަށް ހަދައި މީހުންނަށް އަނިޔާވެރިވާނީ، އިންސާނީ ސަބަބުވެރި ބުއްދިން ވިސްނުމުގެ ޤާބިލުކަން ލިބިފައިނުވާ މީހުންނެވެ.
ތިމާއަށް ވުރެ، ބުރަ މަސައްކަތެއް ކޮށް، ކުރިއަރައި ގޮސްފައިވާ މީހެއް ނަމަ، އަމުދުން ޒާތީ ކަމާއި، ނަފްރަތާއި ހަސަދަވެރިކަން އެމީހަކާއި ދޭތެރޭ ޒަރިއަންދު ބަހައްޓާ މިންވަރަކީ މި މަންޒަރުތައް ފެންނަ މީހަކު ހަމަ އާޝޯހު ކުރުވާފަދަ މަންޒަރެކެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް މާދަމާ އެއް އަހަރުވާއިރު، މި ސަރުކާރުގައި ހިނގާ ކޮރަޕްޝަނާއި، ވައްކަމާއި ފަސާދަ އާއި މެދު "މާއްކޫ އޮޑިޓަރެއް"ގެ ހައިސިއްޔަތުން ކިޔާނެ ފާޑު ކިޔުމެއް ނެތެވެ. "މާއްކޫ އޮޑީޓަރެއް" ހައިސިއްޔަތުން ޒަރިޔަންދު އެއަށް ދޭން އޮތީ A ރިޕޯޓެކެވެ. މިއީ މި މީހުންގެ ހަޤީގީ ސޫރައެވެ. ފެންވަރެވެ.
ރައީސް މުއިއްޒު އޭނާގެ ނާގާބިލު ކޮރަޕްޓް، އިންތިހާއަށް ވައްކަން ގިނަ ސަރުކާރުގެ ކޮރަޕްޝަނާއި، ސިޔާސީ ޕްރޮޖެކްޓްތައް ދެމެހެއްޓުމަށް މުޅި ފަތުރުވެރިކަމުގެ ސިނާއަތް ފުނޑާލުމަށް ނިންމި ނިންމުންތައް ތިރީގައި މިވަނީއެވެ.
- ރިސޯޓުތަކާއި ސަފާރީތަކަށް ވަންނަ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަންޖެހޭ
- ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ބޭންކުން މާރުކުރަންޖެހޭ
- މާރުކުރާ ޑޮލަރުގެ 40% ބޭންކުތަކުގައި ބަހައްޓަންޖެހޭ
- 60% އެމްއެމްއޭއަށް މާރުކުރަންޖެހޭ
ރަނގަޅު އިލްމީ ޤާބިލު ކަމެއް ހޯދައިގެން ހުރި، އަދި ދުނިޔޭގެ އިޤްތިޞާދުގެ އޮޔާއި ވައި ދަންނަ ކޮންމެ މީހަކު، މުއިއްޒުގެ ދެކޮޅު ނުޖެހޭ ހަމައާއި މެދު އިންތިހާއަށް ކަންބޮޑު ވުން ފާޅު ކުރާނެއެވެ. ނަމަވެސް "މާއްކޫ އޮޑީޓަރ ޒަރިޔަންދު" އަށް އެކަމެއް ފާހަގަ އެއް ނުކުރެވޭނެއެވެ. އެފަދަ އިލްމީ ތެއްކަމެއް ޤާބިލު ކަމެއް އޭނާގެ ނުހުންނާނެއެވެ. އޭނާއަށް ކުރެވޭނެ ވަރަކީ "މާއްކޫ އޮޑިޓަރ" އަކަށް ވުމެވެ. ނުވަތަ ފުޓުބޯޅަ މުބާރާތެއްގެ ކޮމެންޓްރީ ގެނެސްދިނުމެވެ.