ޚަބަރު

ހަފްތާ ނިމިގެންދިޔަ އިރުވެސް 4000 ފެލްޓް ލިބޭ މީހުންގެ ލިސްޓު އާންމު ނުކުރި, ހެދީ ދޮގު!

ދިޔަވަރު
ހަފްތާ ނިމިގެންދިޔަ އިރުވެސް 4000 ފެލްޓް ލިބޭ މީހުންގެ ލިސްޓު އާންމު ނުކުރި, ހެދީ ދޮގު!

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ނިމިދިޔަ ހަފްތާގައި އާންމު ކުރާނެކަމަށް ވިދާޅުވުމަށްފަހު, ހަފްތާ ނިމިގެން ދިޔައިރުވެސް އެ ލިސްޓު މި ސަރުކާރުން އާންމު ނުކުރިއެވެ.

މި ލިސްޓަކީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓް ރަނގަޅު ނޫން ކަމަށް ހައުސިން އެޑްވައިޒަރީ ކޮމިޓީ އަދި މާލެ ސިޓީ ކައުންސިލުގެ ހައުސިން ކޮންސަލްޓެޓިވް ކޮމިޓީން ދެކޭތީ ކަމަށް ބުނެ, އަލުން އިވެލުއޭޓް ކުރުމަށްފަހު އެކުލަވާލި ލިސްޓެކެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ހައިދަރު ކުރީ ހަފްތާގައި ވިދާޅުވެފައިވަނީ، ވަގުތީ ލިސްޓް އާންމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި، އެ މަސައްކަތްތައް ނިމުމުން މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށެވެ.

މި ސްކީމަށް 15،000 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 9،000 މީހުން ފުލެޓަށް ޝަރުތު ފުރިހަމަވާކަމަށް އެމްޑީޕީ ސަރުކާރުން ނިންމާފައިވެއެވެ.

މި ސަރުކާރުން އިއުލާން ކުރާ މި ލިސްޓު އެކުލަވާލާފައިވަނީ ޕީއެންސީގެ ކޮންމެ މެމްބަރަކު ދިން 10 ނަން ހިމަނާ, މެޑަމް ސާޖިދާގެ ލިސްޓުވެސް ހިމަނައިގެން އެކުލަވާލި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ހިމަނައިގެންނެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު, އޭސީސީއަށް ނުފޫޒު ފޯރުވައިގެން, އެ 4،000 ފުލެޓުގެ ހައްގުވެރިން ކަނޑައަޅައި އާންމުކުރި ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އޭސީސީން ފާހަގަކުރުމާއެކު، އެ ފަރާތްތަކަށް ފުލެޓު ދޫކުރުން މެދުކެނޑިގެން ދިޔަ އެވެ. އެއަށްފަހު މި ސަރުކާރުން އެ ލިސްޓު އިވެލުއޭޓުކުރުމުގެ މަސައްކަތް ފެށި އެވެ.

އަދި ފެހުން ކަށަވަރު ކުރެވުނު ގޮތުގައި އާ ލިސްޓް ނެރެނީ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ކޮންމެ މެމްބަރަކު ދޭ 10 ނަމެއް ލިސްޓުގައި ހިމަނާ އަދި މެޑަމް ސާޖިދާ ދިން ލިސްޓުވެސް 4000 ފްލެޓް ލިސްޓް ލިބޭ މީހުންގެ ތެރޭގައި ހިމަނައިގެންނެވެ.

އެނގިފައިވާ ގޮތުގައި އަންނަ ހަފްތާގައި ނެރޭ ލިސްޓުގެ %80 ވަނީ ބަދަލު ގެނެސްފައެވެ.