ޚަބަރު

ސްޓޫޑެންޓް ލޯނު ކަނޑާލުމުގެ ބޭނުމުގައި، ސްޓޫޑެންޓް ލޯނަށް ކުރާ ޚަރަދު ބޮޑުވެގެން އެކަމަށް ހައްލެއް ހޯދަން ޖެހޭކަމަށް ސަރުކާރުން މަޖިލީހުގައި ހާމަ ކޮށްފި

ދިޔަވަރު
ސްޓޫޑެންޓް ލޯނު ކަނޑާލުމުގެ ބޭނުމުގައި، ސްޓޫޑެންޓް ލޯނަށް ކުރާ ޚަރަދު ބޮޑުވެގެން އެކަމަށް ހައްލެއް ހޯދަން ޖެހޭކަމަށް ސަރުކާރުން މަޖިލީހުގައި ހާމަ ކޮށްފި

ސްޓޫޑެންޓް ލޯނަށް ކުރާ ޚަރަދު ބޮޑުވެގެން އެކަމަށް ހައްލެއް ހޯދަން ޖެހޭކަމަށް ސަރުކާރުން މަޖިލީހުގައި ހާމަ ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސް މުއިއްޒު އެދިގެން ސްޓޫޑެންޓް ލޯނު ކަނޑާލުމުގެ ބޭނުމުގައި އެވާހަކަ ދައްކާފައިވަނީ، ގަވަރުނަރު މުނައްވަރެވެ.

”މީގެ 5 ވަރަކަށް އަހަރު ކުރިން 16 މިލިޔަން ޑޮލަރު ޚަރަދުކުރަމުންދިޔަ ކަމެއް މިހާރު ޚަރަދު ކުރަމުންދޭ 52 މިލިޔަން ޑޮލަރު، މިއީ ރިޒާވަށް ސީދާ އަސަރުކުރަމުން ދާ ކަމެއް،“ މުނައްވަރު ވިދާޅުވިއެވެ.

މިވާހަކަ މިއަދު ދައްކާފައިވަނީ ބަޖެޓު ދިރާސާކުރާ ކޮމެޓީއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު، ހާޒިރު ކޮށްގެން މަޖިލީހުގައި އެބޭފުޅާ ދެއްކެވި ވާހަކާގައެވެ.

ފާއިތުވި އެމްޑީޕީގެ ސަރުކާރަކީ ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމު އުނގަންނައި ދިނުމަށް މަސައްކަތްތަކެއް ކުރި ސަރުކާރެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ވެރިކަމުގައި ވީހާވެސް ގިނަ ދުވަހަކު ހުރުން ކަމުގައި ވާތީ، އަދި ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް ނަހަމަ ގޮތުގައި އަމިއްލަ މަންފާއަށް ނެގުން ކަމަށް ވާތީ، ދަރުވަރުންނަށް ދޫކުރާ ލޯނާއި، ދޭ ތައުލީމު ހުއްޓުމަކީ އެކަށީގެންވާ ކަމެކެވެ.