2025 ގެ ބަޖެޓުން ދިވެހިރައްޔިތުންނަށް ލިބެން ހުރި ބޮޑުބައެއް އުނިކޮށް، މުޅި ބަޖެޓުގެ ބޮޑު އިންސައްތައެއް މުއިއްޒަށް ރިޝްވަތު ލިބޭހެން ޗައިނާގެ ކުންފުނިތަކަށް ދިނުމަށް ނިންމައިފިއެވެ. ރާއްޖޭގެ އިޤްތިޞާދީ ހަބް، އެމްޕީއެލް ޗައިނާގެ ކުންފުންޏަކަށް ދިނުމަށް މުއިއްޒު އެމްއޯޔޫއެއްގައި ސޮއެކޮށްފައިވާއިރު، ބަޖެޓުގެ ބޮޑުބައެއްވެސް މިދަނީ ޗައިނާއަށެވެ.
ރައްޔިތުންނަށް ދޭން ޖެހޭ އާސަންދައިން ބޮޑު ބައެއް ކަނޑާލައި، ފެނާއި، ކަރަންޓާއި، ކާޑާއި، ތެލަށް ދޭ ސަބްސިޑީޒް ކަނޑާލުމަށްފަހު، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެފައިސާވެސް ބޭނުން ކުރުމަށެވެ.
ފުށި ދިއްގަރުފަޅު ހެދުން ޗައިނާގެ ކުންފުންޏަކާއި ހަވާލު ކޮށްފިއެވެ، ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއް މުއިއްޒު ދޭނީ މި ޕްރޮޖެކްޓް ނިންމުމަށް ޗައިނާއަށެވެ.
ސްޓެލްކޯގެ ތާރީޚުގައި ހަދާ އެންމެ ބޮޑު ޕްރޮޖެކްޓް ވަނީ ޗައިނާގެ ކުންފުންޏަކާއި ހަދަން ހަވާލު ކޮށްފައެވެ. މިކަމަށް ބަޖެޓުން ބިލިއަނެއްހާ ރުފިޔާ ޗައިނާއަށް ޚަރަދު ކުރާނެ ކަމަށް ފެނެއެވެ.
މާލެ، ހުޅުލެ، ފުނަދޫ މޮނޮރެއިލްއިން ގުޅާލަން ޗައިނާގެ ބީޔޫސީޖީ އާއެކު އެމްއޯޔޫއެއްގައި ސަރުކާރުން ސޮއެ ކޮށްފައިވާއިރު، ބަޖެޓުން ހައެއްކަ ބިލަން މިކަމަށް ދާނީ ޗައިނާގެ ކުންފުންޏަކަށެވެ.
ވީއައިއޭގެ ކުރީގެ ރަންވޭ މަރާމާތު ކުރަން އެތައް މިލިއަން ރުފިޔާއަކަށް ހަވާލު ކޮށްފައިވަނީ ޗައިނާ ކުންފުންޏަކާއެވެ.
މިއީ އާންމުކޮށް އެނގޭހެން ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓަތަކެވެ. ސިއްރުން ސޮއެ ކޮށްފައިވާ ޕްރޮޖެކްޓްތައް ސާފެއް ނުވެއެވެ.
ރައްޔިތުން ޑޮލަރަށް ޖެހިފައިތިބި މި ދަނޑިވަޅުގައި އެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ އިޤްތިޞާދީ ހެޔޮ އަސަރު ނުކުރާ މިފަދަ ކޮންމެ ޕްރޮޖެކްޓަކީ އޭގައި ކޮރަޕްޝަން ނޫން އިތުރު އެއްވެސް ސަބަބެއް އޮވެގެން ހިންގާ ޕްރޮޖެކްޓްތަކެއް ނޫނެވެ.
ރާއްޖޭގެ ބަޖެޓުން ބޮޑުބައެއް ޗައިނާއަށް ދިޔުމަކީ މުއިއްޒުގެ ޖީބަށް ކޮރަޕްޓް ފައިސާ އެ ކުންފުނިތައް މެދުވެރިކޮށް ވަނުމެވެ.