ޚަބަރު

ޕީއެންސީ އެތެރޭގެ އިންތިހާބަށް ފްލެޓުތައް ރިޝްވަތުގެ ގޮތުގައި ބެހުމަށް، ފްލެޓް ލިސްޓް މިއަދު އާންމު ކުރުން ހުއްޓުވީ މުއިއްޒު

ދިޔަވަރު
ޕީއެންސީ އެތެރޭގެ އިންތިހާބަށް ފްލެޓުތައް ރިޝްވަތުގެ ގޮތުގައި ބެހުމަށް، ފްލެޓް ލިސްޓް މިއަދު އާންމު ކުރުން ހުއްޓުވީ މުއިއްޒު

ޕީއެންސީ އެތެރޭގެ އިންތިހާބަށް ފްލެޓުތައް ރިޝްވަތުގެ ގޮތުގައި ބެހުމަށް، ފްލެޓް ލިސްޓް އާންމު ކުރުން ހުއްޓުވީ މުއިއްޒުކަން ދިޔަވަރު ނޫހަށް އެނގިއްޖެއެެވެ.

ހައިދަރު ވަނީ މިއަދު 12:30 ގައިވެސް ފްލެޓް ލިސްޓް އާންމު ކުރާނެ ކަމުގެ ޔަގީން ކަން ދީފައެވެ. އަދި އެގޮތަށް މިނިސްޓްރީގެ ސްޓާފުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މިކަން ހުއްޓުވީ ސީދާ މުއިއްޒެވެ. މުއިއްޒަކީ އިންތިހާބަށް ކޮރަޕްޓް އަދި ރައްޔިތުންގެ ހައްޤުތަކަށް ފާލުގައި އަރަމުންދާ މީހެކެވެ. މިކަމުގައި ހައިދަރުގެ އެއްވެސް މައްސަލައެއް ނެތެވެ. ފްލެޓް ކަންތަކުގައި ހައިދަރު ހައްދަވަމުން ދަނީ ރައީސް މުއިއްޒު އަންގަވާ ގޮތެކެވެ. ލިސްޓް އޮޅުވާލާފައިވަނީ ވެސް ރައީސް އޮފީހުން ފޮނުވި ގޮތަށެވެ.

ނަމަވެސް ވެރިކަމަށް އައުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ކުރިމަތީ މުއިއްޒު ވަނީ ލިސްޓް ބަދަލު ނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. ރައްޔިތުންނަށް އެގޮތަށް އެ އަޚުދު ވުމަށްފަހު، ވައުދާއި ޚިލާފަށް އަނިޔާވެރިވަމުންދަނީ އެއްވެސް ކަހަލަ ކުލުނުވެރިކަމެއް ރައްޔިތުންނާއި މެދު މުއިއްޒުގެ ކިބާގައި ނެތުމުގެ ސަބަބުންނެވެ.