ދަރުބާރުގޭގައި ހައުސިންގ މިނިސްޓްރީގެ ސިއްރު އޮފީހެއް ހަދައިގެން، މުއިއްޒުގެ އިރުޝާދުގެ ދަށުން ފްލެޓް ލިސްޓް ބަދަލު ކުރަމުންދަނީ ނިޒާމް ކަން ދިޔަވަރު ނޫހަށް އެނގިއްޖެއެވެ.
މީނާއަކީ ހައުސިންގ މިނިސްޓްރީގައި ހުރި ސްޓޭޓް މިނިސްޓަރކެވެ. މީނާ ނިސްބަތް ވަނީ ފ. ނިލަންދޫ އަށެވެ.
ފ. ނިލަންދޫގެ މުއިއްޒުގެ އަރިސް މީހުންނަކީ އެއްވެސް ރަހުމެއްނެތި، ރައްޔިތުންގެ ގެދޮރުވެރި ކަމުގެ ޙައްޤަށް އަރައިގަތުމުގައި ރާއްޖޭގައި ނަން މަޝްހޫރު ބައެކެވެ.
ފ. ނިލަންދޫ އަށް ނިސްބަތްވާ، އެ ރަށު، ޚަލީލު (މިހާރުގެ ފޮރިންގ މިނިސްޓަރވަނީ) މުއިއްޒުގެ ހޯމް މިނިސްޓަރު ކަމުގައި 37 ފްލެޓް ހިޔާ ފްލެޓްތަކުން ނަގާފައެވެ. މި ފެލްޓްތައް ހުންނަނީ މިހާރު ކުށްޔަށް ދީފައެވެ.
ނިޒާމް ވަނީ މީގެ ކުރިން، ރައީސް ސޯލިހްގެ ވެރިކަމުގައި، ހައުސިންގ މިނިސްޓްރީގައި ހުރެ، ފްލެޓް ދޭނެ ކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާވެސް ނަގާފައެވެ. ނަމަވެސް އޭރު ސިސްޓަމް ހަދާފައިވަނީ އެމީހަކަށް ޕޮއިންޓް ލިބުނު ގޮތާއި، ޕޮއިންޓް އެނގޭހެން ކަމުން އެކަން އޭނާއަށް ކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މިހާރު ސީދާ މުއިއްޒުގެ އެންގުމަށް މަކަރު ހެދުމަށްޓަކައި ޕޮއިންޓް ދެވޭ ނިޒާމު ވަނީ ސިސްޓަމުން ފުހެލާފައެވެ.
މިއީ މާލޭގައި ހާލުގައި ދިރިއުޅެމުންދާ ނިކަމެތިންނަށް ދިނުމަށް ރައީސް ސޯލިހް އެޅި ފްލެޓްތަކެކެވެ. މިތަކެތި މުއިއްޒު ދަނީ އޭނާގެ އަމިއްލަ ފައިދާއަށް ރައްޔިތުން އަތުން ފޭރެމުންނެވެ. ރައްޔިތުން މިކަމާއި ތެދުވެ، ދިމްޔާތު ކައިރިއަށް ގޮސް ޝުއޫރު ފާޅު ކުރަން ޖެހެއެވެ.
ނިޒާމް އަކީ ރައީސް މުއިއްޒު އާއި ދެކޮޅަށް ދައުލަތުން ހުށައެޅި ހެކި، ފައިސާ ނަގައިގެން ދައުލަތާއި ދެކޮޅަށް މުއިއްޒު އާއި އެއްކޮޅަށް ހެކި ބަސްދީ އެތައް މިލިއަން ޑޮލަރެއް ރާއްޖެއިން ގެއްލުވާލުމުގައި ބައިވެރިވެފައިވާ މީހެކެވެ.
ނިޒާމުގެ ބައްޕަ އަކީ ޤައުމިއްޔަތުގެ މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެކެވެ.
މިފަހަރު ފްލެޓް ގެއްލިއްޖިއްޔާ ދެން ފްލެޓް ލިބޭނެ އިރެއް އަދި އަވަސް މުސްތަޤްބަލެއްގައި ލިބޭނެ ކަމެއްވެސް ނޭނގެއެވެ.