ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު މިއަދު ފުރިހަމަވެގެންދާއިތު ފާއިތުވި އެއްއަހަރު ވަރަށް ބޮޑެތި ކާމިޔާބީތައް ރައީސް މުއިއްޒު ހާސިލުކުރައްވާފައިވާ ކަމަށާއި, އެހެންނަމަވެސް އެއީ ލޮލަށް ނުފެންނަ އަދި އަތްވެސް ނުލެވޭ ކާމިޔާބީތަކެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޢަބްދުއްރަޙީމް ވިދާޅުވީ ފާއިތުވި އެއްއަހަރު ވަރަށް ބޮޑެތި ކާމިޔާބީތައް ރައީސް މުޢިއްޒު ހާސިލުކުރެއްވި ކަމަށާއި ނަމަވެސް ކޮންމެ ކާމިޔާބީއަކީ އަތްލެވޭ އެއްޗެއް ނޫން ކަމަށާއި، ބައެއް ކާމިޔާބީތަކަކީ ލޮލަށް ފެންނަ އެއްޗެއް ނޫންކަމަށެވެ. އެގޮތުން އަބްދުއްތަހީމް އިޝާރާތް ކުރެއްވީ ރާއްޖޭގެ އިސްތިޤްލާލާއި، މިނިވަންކަން ޔަޤީންކުރުމަށާއި، ދީނީ ވަޙުދަތު ހިމާޔަތްކޮށް ޤައުމިއްޔަތު ކުރިއެރުވުމާއި މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ކުރެއްވި މުހިންމު މަސައްކަތްތަކަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ އަންނަ އަހަރަކީ ރައްޔިތުންނަށް ލޮލަށް ފެންނަ އަތްލެވޭ ތަރައްޤީގެ އަހަރަކަށްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށާއި އެކަން ކުރުމަށް ބޭނުންވާ ބަޖެޓު މިހާރު މަޖިލީހުގައި އޮތުމާއި އެކު ބަޖެޓުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަން ހާމަކުރެއްވި އެވެ.
އެގޮތުން ރައީސް މުއިއްޒުގެ މެނެފެސްޓޯގައި ހިމެނޭ ގިނަ ކަންކަމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށި ބައެއް ވައުދުތައް އަންނަ އަހަރުވެސް ރައީސް ފުއްދަވާ ދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް މަޖިލީހުގެ ތެރެއިން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަންވެސް އަބްދުއްރަހީމް ވަނީ ދެއްވާފައި އެވެ.
މިސަރުކާރުން ފާއިތުވި އެއް އަހަރު ތެރޭ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތަރައްގީގެ އާ އެއްވެސް މަޝްރޫޢެއް ފަށާފައި ނުވެއެވެ. އެހެންނަމަވެސް, ހިނގަ ހިނގާ ހުރި ދަރުމަވަންތަ ހޮސްޕިޓަލް މުއިއްޒު ވަނީ އަލު އާ ހޮސްޕިޓަލެއްގެ ގޮތުގައި ފާއިތުވި ހަފްތާގައި ރަސްމީކޮށް ހުޅުއްވާ ދެއްވާފައެވެ.