މަޖިލިސް މެމްބަރު އީވާ ބަލިވެކަމަށް ހެދިގެން ދާއިރާ މީހުން ކަމަކު ގުޅުމުން ފޯނު ނުނަގާކަމަށް ސޯޝަލް މީޑިޔާގެ ދެކެވެމުން ދިޔަ ވާހަކަތައް މީގެ ކުރިން ގަބޫލު ކުރަން ދަތިވިއެވެ. ނަމަވެސް މަޖިލީހަށް ފިއްލަވައިގެން އުޅުއްވާތާ ދެ ހަފްތާ ވަނީއެވެ. އަދި ޑެންގޫ ޖެހިގެން އެބަލީގައި އެންމެ ގިނަދުވަސް ހޭދަކުރި މީހާގެ ލަގަބުވެސް އީވާ އަށް މިއަދު ލިބިއްޖެއެވެ. އީވާ ޑެންގޫއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވަނީ އޮކްޓޯބަރ 23 ގައެވެ.
އީވާ އަކީ ވެސް މަޖިލީހުގެ އިތުބާރު އޮތް މީހެއް ނޫނެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި، ބޭބޭ ފުޅު، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ އޭރު، މަޖިލީހަށް ހުށައެޅުމުން ދެ މައްސަލަ އެއްފަހަރާ ކުރިއަށް ގެންދެވޭނެ ގާނޫނީ މަގެއް ނެތްކަމަށް ބުނެ އޭރުން ސުރެ ގޮނޑި ހައިޖެކް ކޮށްގެން މިއަދާއި ހަމައަށް އީވާ އިންނެވީ، އެކަމަނާއާއި، ބޭބޭފުޅުގެ ޑިމޮކްރެޓިކް އުސޫލުން ރައްޔިތުންނަށް ނަމޫނާ ދައްކަމުންނެވެ. ރައްޔިތުންގެ މަޖިލިސް ހުއްޓުވައިގެން ރައްޔިތުންގެ އެތައް ބިލްތަކެއް ހުއްޓުވައިގެން އަނިޔާވެރިކަން އިސްކޮށްގެން ހުންނެވީ ޚުދުމުހުތާރު ކަމުންނެވެ. އީވާގެ ނަން މިއަދު އަޑު އިވުނަސް ހިތް މައްޗަށް އަންނަނީ ރާއްޖޭގެ ތާރީޅްދުށް އެންމެ އަނިޔާވެރި އެނދިމަރިޔަބު ފަދަ މީހުންނެވެ.
އަޅުގަނޑުމެންގެ ރާއްޖެއަށް ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރި މީހުން ނިމިގެން އެދަނީ ޑިކްޓޭޓަރުންނަށް ވެގެންނެވެ. ނަޝީދުގެ ސިޔާސީ ހަޔާތް ކަފުންވެގެން އެދަނީ، އަމިއްލަ އެދުމާއި، އަމިއްލަ މަސްލަހަތު އިސްކޮށް ރައްޔިތުންނާއި ދެކޮޅަށް ތެދުވެ ހުރެއެވެ. އެހެން ނޫންނަމަ މިއަދު ނަޝީދުވެސް، ކޮއްކޯފުޅު ވެސް ވޯޓަށް ފިއްލަވައިގެން ނޫޅުއްވާނެއެވެ.