ޚަބަރު

އެންޓި ޑިފެކްޝަން ޤާނޫނު އަސާސީ ގައި ހިމެނުމަށް މުއިއްޒު ދަނީ ރިޝްވަތު ދެމުން. މިކަން ކުރާ ހިސާބުން 50 ހާސް ދިނުން ހުއްޓާލައި، މަޖިލީސް މެމްބަރުންގެ މެސެޖުތައް ބެލުންވެސް ހުއްޓާލާނެ

ދިޔަވަރު
އެންޓި ޑިފެކްޝަން ޤާނޫނު އަސާސީ ގައި ހިމެނުމަށް މުއިއްޒު ދަނީ ރިޝްވަތު ދެމުން. މިކަން ކުރާ ހިސާބުން 50 ހާސް ދިނުން ހުއްޓާލައި، މަޖިލީސް މެމްބަރުންގެ މެސެޖުތައް ބެލުންވެސް ހުއްޓާލާނެ

އެންޓި ޑިފެކްޝަން ޤާނޫނު އަސާސީ ގައި ހިމެނުމަށް މުއިއްޒު ދަނީ ރިޝްވަތު ބަހަމުން ކަމަށް ދިޔަވަރު ނޫހަށް ދަނީ މައުލޫމާތު ލިބެމުންނެވެ. މިކަން މުއިއްޒު ކުރާ ހިސާބުން މިހާރު ރިޝަވަތުގެ ގޮތުގައި ދެމުންދާ 50 ހާސް ރުފިޔާ ދިނުމުގެ ބޭނުމެއް ނޯންނާނެއެވެ. މަޖިލީސް މެމްބަރުން ތައް އަޅުންތަކަކަށްވެ، އެމީހުންގެ ޤާނޫނުން މަތިކޮށްފައިވާ ބާރުތައް އަދާކުރުމުގައި އާއި، ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުގެ ބާރުންވެސް މަހުރޫމް ވެގެން ދާނެއެވެ.

މިހާރުވެސް، މަޖިލީސް މެމްބަރުންނަށް މުއިއްޒާއި ހަމައަށް ފަސޭހަ ކަމާއި އެކު ވާސިލެއް ނުވެވެއެވެ. ކުރިއަށް އޮތްތާގައި މި ބިލް ފާސްވެއްޖެނަމަ، އެއްވެސް މަޖިލީސް މެމްބަރުންގެ މެސެޖެއްހާ ހިސާބުވެސް މުއިއްޒު ބެލުމުގެ ބޭނުމެއް ނޯންނާނެއެވެ.

މަޖިލީހުން އެންޓި ޑިފެކްޝަން ޤާނޫނު އަސާސީގައި ހިމެނުމުން 3 ބާރު ވަކި ކުރާ ނިޒާމް ގެއްލި ޚުދުމުހުތާރު ވެރިއަކަށްވެ، މަޖިލީހުގެ ފުރިހަމަ ބާރުވެރިކަން މުއިއްޒަށް ލިބިގެންދާނެއެވެ.

މިކަމަށް ބޭނުންވާ ބައެއް ވޯޓުތައް ހޯދުމަށް މުއިއްޒު ދަނީ 5 ލައްކަ ރުފިޔާ ވޯޓަކަށް ދެމުންނެވެ. މިއީ ނަފްސު ވިއްކާލަން ދެވޭ ކުޑަ ކުޑަ އަގެކެވެ. ޕީއެންސީ މަޖިލީސް މެމްބަރުންގެ ނަފްސުގެ އަގަކީ އެންމެ ފަސްލައްކަ ރުފިޔާއަށް މިއަދު ވުމަކީ ލަދުވެތި ކަމެކެވެ.

މިކަމަށް ވޯޓުދީ ފާސްކުރާ ކޮންމެ މަޖިލީސް މެމްބަރަކު ފަހުން އެކަމާއި ހިތާމަ ކުރަން ޖެހޭނެ ކަމަކީ ޝައްކެއް ނެތް ކަމެއް ނޫނެވެ.