ޚަބަރު

ޤާނޫނުއަސާސީ ބަދަލު ކުރުމަށް، ރައްޔިތުންގެ ވޯޓެއް ނަގަން ޖެހޭ ކަމަށް އޮތް އޮތުން، މަޖިލީހުން މާދަމާ ބަދަލު ކުރުމަށް ނިންމައި، ޤާނޫނު އަސާސީގައި އޮތް ރައްޔިތުންގެ ބާރުވެރިކަން ނިމުމަކަށް ގެންނަނީ

ދިޔަވަރު
ޤާނޫނުއަސާސީ ބަދަލު ކުރުމަށް، ރައްޔިތުންގެ ވޯޓެއް ނަގަން ޖެހޭ ކަމަށް އޮތް އޮތުން، މަޖިލީހުން މާދަމާ ބަދަލު ކުރުމަށް ނިންމައި، ޤާނޫނު އަސާސީގައި އޮތް ރައްޔިތުންގެ ބާރުވެރިކަން ނިމުމަކަށް ގެންނަނީ

ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް ބަދަލުގެނައުމުގައި ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭނެކަމަށް (ރައްޔިތުންގެ ވޯޓަކަށް، ރިފަރަންޑަމް އަކަށް) ދާންޖެހޭނެ ކަމަށް ބުނާ މާއްދާ އުވާލުމަށް ވެރިކަންކުރާ ޕާޓީ ޕީއެންސީން ރައީސް މުއިއްޒު އަންގައިގެން މަސައްކަތް ފަށައިފިއެވެ.

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން، އަސާސީ ހައްގުތަކާއި މަޖިލިސް އުމުރު އަދި ރައީސުލްޖުމްހޫރިއްޔާގެ ދައުރާ ގުޅޭ މާއްދާތަކަށް ބަދަލު ގެންނަން ވާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ނަމަވެސް މާދަމާ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ އިސްލާހީ ބިލުގައި ހިމަނާފައިވަނީ، މި މާއްދާތަކަށް ބަދަލު ގެނައުމުގައި ރައްޔިތުންގެ ވޯޓު ނުހޯދާ ގޮތަށެވެ.

އެހެންކަމުން މުއިއްޒަށް އުމުރު ދުވަހު ވެރިކަމުގައި ހުރެވޭގޮތަށް ފަސޭހަ ކަމާއި އެކު ބަދަލު ގެނެވޭނެއެވެ.

މި ބަދަލު ގެންނަން މަސައްކަތްކުރަނީ، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެކަމަށް ބުނާ މާއްދާ ބާތިލުކުރަން ހައިކޯޓަށް ހުށަހަޅާފައި އޮއްވައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މި އިސްލާހުތައް ގެންނަނީ ވިޔަފާރިވެރިންގެ ނުފޫޒުން ސަލާމަތްވުމަށް ބުނެ، ބާރުތައް ނަގައި އުމުރަށް ވެރިކަމުގައި ހުރުމަށެވެ.

އާ އިސްލާހުތަކުގެ ދަށުން، ވަކި ޕާޓީއެއްގެ ޓިކެޓުގައި ހޮވުނު މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ޕާޓީން ވަކިކުރުމުން އަދި އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭނެއެވެ.