ޚަބަރު

ރައްޔިތުންގެ ވެރިކަން ތާއަބަދަށް ނިމުމަކަށް ގެނައުމަށް، ޤާނޫނުއަސާސީ ބަދަލު ކުރުމަށް، މއ. އެވާ ބްރައިޓްގައި ފަލާހު އާއި ޝާޑު ހަރާން ފައިސާ މެމްބަރުންނަށް ބަހަމުން މިހާރު އެބަދޭ

ދިޔަވަރު
ރައްޔިތުންގެ ވެރިކަން ތާއަބަދަށް ނިމުމަކަށް ގެނައުމަށް، ޤާނޫނުއަސާސީ ބަދަލު ކުރުމަށް، މއ. އެވާ ބްރައިޓްގައި ފަލާހު އާއި ޝާޑު ހަރާން ފައިސާ މެމްބަރުންނަށް ބަހަމުން މިހާރު އެބަދޭ

ރައްޔިތުންގެ ވެރިކަން ތާއަބަދަށް ނިމުމަކަށް ގެނައުމަށް، ޤާނޫނުއަސާސީ ބަދަލު ކުރުމަށް، މއ. އެވާ ބްރައިޓްގައި އެމްޕީ ފަލާހު އާއި އެމްޕީ ޝާޑު ހަރާން ފައިސާ މެމްބަރުންނަށް ބަހަމުން މިހާރު އެބަދޭ އެވެ. މާތް ﷲ މި އަނިޔާވެރި ވެރިކަމުން ދިވެހިން ސަލަމާތް ކުރައްވާށެވެ. އާމީން.

މި ފައިސާ ބަހަމުން ދަނީ، ޤާނޫނު އަސާސީއިންގެ މުހިންމު މާއްދާތަކަށް ބަދަލުގެނައުމުގައި ރައްޔިތުންގެ ވޯޓަކަށް، ރިފަރަންޑަމް އަކަށް ދާންޖެހޭނެ ކަމަށް ބުނާ މާއްދާ އުވާލުމަށާއި، އެންޓި ޑިފެކްޝަން ޤާނޫނު އަސާސީ ގައި ހިމަނައި މަޖިލީސް މެމްބަރުންގެ ބާރުވެސް ކަނޑުވާލައި ރައްޔިތުންގެ ބާރުވެރިކަން އެއްކޮށް އަބަދަށް ނިމުމަކަށް ގެނައުމަށެވެ.

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން، އަސާސީ ހައްގުތަކާއި މަޖިލިސް އުމުރު އަދި ރައީސުލްޖުމްހޫރިއްޔާގެ ދައުރާ ގުޅޭ މާއްދާތަކަށް ބަދަލު ގެންނަން ވާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ނަމަވެސް މާދަމާ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ އިސްލާހީ ބިލުގައި ހިމަނާފައިވަނީ، މި މާއްދާތަކަށް ބަދަލު ގެނައުމުގައި ރައްޔިތުންގެ ވޯޓު ނުހޯދާ ގޮތަށެވެ.