ސިޔާސީ

ރައްޔިތުން މަޖިލީސް ދޮށަށް މާދަމާ ރައްޔިތުން އެއްވެ، ޤާނޫނު އަސާސީ އަންދާލަން މުއިއްޒު ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ!

ދިޔަވަރު
ރައްޔިތުން މަޖިލީސް ދޮށަށް މާދަމާ ރައްޔިތުން އެއްވެ، ޤާނޫނު އަސާސީ އަންދާލަން މުއިއްޒު ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ!

މާދަމާ ރައްޔިތުން މަޖިލީހަށް ރާއްޖޭގެ ރައްޔިތުން އެއްވެ، ޤާނޫނު އަސާސީ އަންދާލަން މުއިއްޒު ކުރާ މަސައްކަތް ހުއްޓުވަން ޖެހޭއެވެ.

ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް ބަދަލުގެނައުމުގައި ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭނެކަމަށް (ރައްޔިތުންގެ ވޯޓަކަށް، ރިފަރަންޑަމް އަކަށް) ދާންޖެހޭނެ ކަމަށް ބުނާ މާއްދާ އުވާލުމަށް މުއިއްޒުގެ ތާޢީދު އޮތް މަޖިލީހުން މާދަމާ ނިންމުމަށް ނިންމައިފިއެވެ.

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން، އަސާސީ ހައްގުތަކާއި މަޖިލިސް އުމުރު އަދި ރައީސުލްޖުމްހޫރިއްޔާގެ ދައުރާ ގުޅޭ މާއްދާތަކަށް ބަދަލު ގެންނަން ވާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ނަމަވެސް މާދަމާ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ އިސްލާހީ ބިލުގައި ހިމަނާފައިވަނީ، މި މާއްދާތަކަށް ބަދަލު ގެނައުމުގައި ރައްޔިތުންގެ ވޯޓު ނުހޯދާ ގޮތަށެވެ.

އެހެން ކަމުން ރައްޔިތުންގެ ޑިމޮކްރެޓިކް ވެރިކަމެއް ކުރުމުގެ ބާރު މާދަމާއިން ފެށިގެން ރާއްޖޭގައި ގެއްލިގެން ދާނެއެވެ.

މީގެ އިތުރުން، އެންޓި ޑިފެކްޝަން ބިލް ގާނޫނު އަސާސީގެ ބަޔަކަށް ހަދައި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މިނިވަންކަން އެއްކޮށް ގެއްލޭގޮތަށް ކަން ކުރުމަށް މުއިއްޒުގެ ޚުދުމުހުތާރު އަނިޔާވެރި ސަރުކާރުން ވަނީ ނިންމާފައެވެ.