ޚަބަރު

ރާއްޖެއިން ބޭރުގައި ތިބި މަޖިލީސް ދެ މެމްބަރަކު، މާދަމާ ޕްރައިވެޓް ޖެޓުގައި ޤާނޫނުއަސާސީގެ ބާރު ކަނޑުވާލާ ވޯޓުގައި ބައިވެރިވުމަށް ގެންނަން މަސައްކަތް ފަށައިފި

ދިޔަވަރު
ރާއްޖެއިން ބޭރުގައި ތިބި މަޖިލީސް ދެ މެމްބަރަކު، މާދަމާ ޕްރައިވެޓް ޖެޓުގައި ޤާނޫނުއަސާސީގެ ބާރު ކަނޑުވާލާ ވޯޓުގައި ބައިވެރިވުމަށް ގެންނަން މަސައްކަތް ފަށައިފި

ރާއްޖެއިން ބޭރުގައި ތިބި މަޖިލީސް ދެ މެމްބަރަކު، މާދަމާ ޕްރައިވެޓް ޖެޓުގައި ޤާނޫނުއަސާސީގެ ބާރު ކަނޑުވާލާ ވޯޓުގައި ބައިވެރިވުމަށް ގެންނަން މަސައްކަތް ފަށައިފި އެވެ.

ރާއްޖެއިން ބޭރުގައި ތިބީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަލްސަން އާއީ ދާންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ފަޟީލް އެވެ.

މި މީހުން ރާއްޖެ ގެނައުމަށް ޑޮލަރުން ޕޭމަންޓް ހަދާ ދެ ޖެޓް ހިފަން މުއިއްޒު ނިންމީ މާދަމާ ނަގާ ވޯޓުން އޭނާ ބަލިވެ، ރައްޔިތުންގެ ފަޅި ކުރި އަރައިފިނަމަ، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ނަގާ ވޯޓު ނެގުމުގެ ފުރުޞަތު ފަހުން ނުލިބިދާނެތީއެވެ.

ޝެޑިއުލް ފްލައިޓެއްގައި މި މީހުން މާލެ މާދަމާއަކު ނާދެވޭނެއެވެ.

ޤާނޫނު އަސާސީ ބަދަލު ކުރުމަށް މުއިއްޒަށް ޖުމްލަ 70 ވޯޓު ބޭނުންވެއެވެ. މިވަގުތު މަޖިލީހުގައި ތިބީ PNC އަށް 75 މެންބަރުން، ޖޭޕީ އަށް 1 މެންބަރު، އަދި MNP އަށް 1 މެންބަރެވެ. މިއީ ޖުމްލަ 77 މެންބަރުންނެވެ.

ނަމަވެސް:

  1. ރާއްޖެއިން ބޭރުގައި 2 މެންބަރުން އުޅޭތީ: 77 - 2 = 75
  2. މަޖިލިސް ރައީސް (އަދުރޭ) އަށް ވޯޓު ނުލެވޭތީ: 75 - 1 = 74
  3. ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު އަސްލަމް އަދި މުޙައްމަދު ސިރުހާން ހިތާދޫ ދާއިރާއިން ވޯޓު ނުދޭން ނިންމާފައިވުމުން : 74 - 2 = 72

އެހެންކަމުން މިވަގުތު މުއިއްޒަށް ލިބެނީ 72 ވޯޓެވެ. 70 ވޯޓަށް ވާސިލްވެވެއެވެ. ބިލް ފެއިލްކުރުމަށް އިތުރު 3 PNC މެންބަރުން މާދަމާ ވޯޓު ނުދިނުމުން ފުދޭނެއެވެ. ބިލް ފެއިލްވެއްޖެނަމަ، މާދަމާ އެތައް PNC މެންބަރުން މުއިއްޒު އާއި ވަކިވާނެ އެވެ. އަދި މުއިއްޒަށް ޤާނޫނު އަސާސީ ބަދަލުކުރުމަށް އިތުރު ފުރުސަތެއް ނުލިބޭނެއެވެ.